ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާޙުގެނެސް "ބޭބީ ސިޓަރ"ގެ ގޮތުގައި ބިދޭސީން ގެނެވޭގޮތް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާޙުގެނެސް "ބޭބީ ސިޓަރ"ގެ ގޮތުގައި ބިދޭސީން ގެނެވޭގޮތް ހަދައިފި

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި، ބިދޭސީން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ނުދޭން ނިންމި ދާއިރާތަކުގެ ތެރޭގައި ހިމަނާފައިވާ، "ބޭބީ ސިޓަރ"ގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭނެ ގޮތަށް އޮތް އޮތުން ސަރުކާރުން ބަދަލުކޮށް، އެފަދަ ބިދޭސީން ގެނައުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އާންމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ކުރިއަށް އޮތް ދެ އަހަރަށްފަހު ވަކިވަކި ދާއިރާތަކުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން އެތެރެވުމަށް ކޯޓާ ނުދޭގޮތަށްވަނީ ހަމަޖައްސަވާފައެވެ. އެގޮތުން، ވަޒީފާއަށްދާ ބެލެނިވެރިންގެ ކުޑަކުދިން ބެލެހެއްޓުމަށް ރާއްޖެއަށް ގެންނަ ބިދޭސީން ނުވަތަ ބޭބީ ސިޓަރގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭނެ ގޮތަށް ފުރަތަމަ ނިންމަވާފައިވާކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

މި ބަދަލާއެކު ގިނަ ބައެއްގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށިއެވެ. ޚާއްސަކޮށް ވަޒީފާ އަދާކުރާ ޢާއިލާތަކަށް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރިއެވެ. މިއާއެކު ސަރުކާރުން ވަނީ މި ގަވާއިދު އިސްލާޙުކޮށް، ކުޑަކުދިން ބެލެހެއްޓުމަށް ޢާއިލާތަކުން ގެންނަ ބިދޭސީން ރާއްޖެއަށް ގެނައުން ހުއްޓާލުމަށް އޮތް އޮތުން ބަދަލުކޮށްފައެވެ.

މި އިސްލާޙާއެކު، ކުރިން ކޯޓާ ނުދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރެއިން ބޭބީ ސިޓަރުން ގެނައުމުގެ ހުއްދަ އަލުން ދެވޭނެއެވެ. މި ބަދަލަކީ ގިނަ ޢާއިލާތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން