ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭނާއި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭނާއި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.

މާލީ ވުޒާރާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާންް ނަންބަރު (IUL)13-K/13/2025/308 )10 ޑިސެންބަރު 2025) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށް އެސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

މިނިސްޓްރީންް ބުނީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ.

އަދި މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

އެހެންކަމުން މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލުކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހެޅުމަށް އެދޭކަމަށެވެ.

އަދި މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ހިމެނިފައިވާނެ ކަމަށް އިއުލާންގައިވެއެވެ.

އެގޮތުން ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަންވާނީ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމެނޭހެން ފޮނުވުމަށް ވަނީ އެދިފައެވެ.

 

ޕްރޮޖެކްޓްގެ މައުލޫމާތު:

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް.

(ޕްރޮޖެކްޓް ނަންބަރު: TES/2025/C-007)

މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 15 ޑިސެންބަރު 2025ވާ ހޯމަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހު 14:00:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349113 960+ ,3349106 960+ ,3349147 960+

އީމެއިލް : [email protected]

ކޮޕީ : [email protected]

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން