އިމާމުންނާއި، ވާޢިޡުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިމާމުންނާއި، ވާޢިޡުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި އިމާމުންނާއި ވާޢިޡުންނަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ މިޞްރުގެ އަލް-އަޒްހަރު އެކެޑެމީއާ ގުޅިގެން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ތަމްރީނެކެވެ.

ދީނީ ޢިލްމުވެރިންނާއި، އިމާމުންގެ ޤާބިލުކަން އިތުރުކޮށް، ދީނީ ދިރާސާތަކާއި ތަޤްރީރުކުރުމުގެ ފަންނުގައި އެމީހުންގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިޞްރުގައެވެ. އަދި ކިޔަވައިދެވޭނީ މުޅިންވެސް ޢަރަބި ބަހުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. އެގޮތުން:

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ޓްރެއިނިންގއާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ނުވަތަ އެ އޮތޯރިޓީން ވެލިޑޭޓްކުރާ މަރުކަޒަކުން ފުރިހަމަކޮށްފައިވާ ޑިގްރީއެއް އޮތުން).
  • ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުން.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާ ބޭފުޅުންނަށް އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، ހުރުމާއި، ކެއުމާއި، ދަތުރުފަތުރުގެ ކަންތައްތައް ހަމަޖައްސައިދޭނީ މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުންނެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދައުވަތު އަރުވާފައެވެ.

މިއަދު އޮންލައިން