ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް މިދިޔަ ތިން ހަފްތާތެރޭ ބަންދުކޮށްފި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް މިދިޔަ ތިން ހަފްތާތެރޭ ބަންދުކޮށްފި: ރައީސް

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް މިދިޔަ ތިން ހަފްތާތެރޭ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބިދޭސީންގެ މައްސަލަ ބޮޑުވެ، ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގުން ވަނީ މާލެ ސަރަޙައްދުގައި ބޮއްސުންލާފަ އެވެ. މިކަން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށް ކުރީގެ ސަރުކާރުތަކުން ބުނި ނަމަވެސް، އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ނަމަވެސް މި ސަރުކާރުން ގެންދަނީ ހަރުދަނާ އުސޫލެއްގެ ތެރެއިން އެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވައި ދިނުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި ވަރަށް ގިނަ އާންމުން ވެސް ވަނީ ސަރުކާރުގައި އެދިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު މިރޭގެ ބައްދަލްވުމުގައި ވިދާޅުވީ، މިދިޔަ ތިން ހަފްތާގެ މަސައްކަތުން، ބިދޭސީން ނުގަވާއިދުން ހިންގަމުންދިޔަ 53 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. އެ މަަސައްކަތް ހުއްޓާ ނުލައްވާ، ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ މަޤްޞަދަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބެންޖެހޭ ފުރުސަތުތައް ފަހިކޮށްދިނުމާއި، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވިޔަފާރިތައް ހިންގޭނެ މާހައުލެއް ބިނާކުރުމެވެ.

މިއަދު އޮންލައިން