އުރީދޫއިން 6 އޯލް ޓެރައިން ވެހިކަލް ދެނީ. މަޖާ ވާނެ، ބޭނުން ހިފޭނެ. މިއީ މުޅިން އާ ތަޖުރިބާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އުރީދޫއިން 6 އޯލް ޓެރައިން ވެހިކަލް ދެނީ. މަޖާ ވާނެ، ބޭނުން ހިފޭނެ. މިއީ މުޅިން އާ ތަޖުރިބާއެއް!

އުރީދޫ މޯލްޑިވްސްގެ އޭޓީވީ ޕްރޮމޯޝަން ތައާރަފްކޮށް، 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

20 ޑިސެމްބަރު 2025 އިން ޑިސެމްބަރު 31، 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، 6 ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. 

"މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް. އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާ އެކު މުޅި އަހަރު ކުރިއަށް ގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ކުރުއަށް ގެންދެވޭ ޕްރޮމޯޝަނެއް.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ 

މި ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަރނެޓް، ފަސޭހާ ނުވަތަ 5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެއެވެ. ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެ އެވެ. އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހެއެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ އަލަށް ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށެވެ.

މިއަދު އޮންލައިން