އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވާ ކަމުގައި އިިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަންތަނަށް ގޮސް ޚިދުމަތް ހޯދުުގައި ލެބޭ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މިހާރު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ވެސް ސަރޓިފައިޑް ޓްރެއިނިންގ ތަކެއް ހިންގަމުން ގެންދާ ކަމުގައި ވަޒީިރު ވަނީ ވިދާޅުވެފައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. 

އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައިމި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން