ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ: ވަޒީރު ޑރ ޢައިޝަތު ޝިހާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ: ވަޒީރު ޑރ ޢައިޝަތު ޝިހާމް

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މި ވުޒާރާއިން ކުރިއަށްގެންދާ ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމަކީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެކެވެ.

'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

އެގޮތުން، ވީހާވެސް ގިނަ ބޭފުޅުން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، ކުއްޖަކު ބެލެހެއްޓޭ ނުވަތަ ކުއްޖަކު ބަލަހައްޓަން ބޭނުންފުޅުވާނަމަ މި ވުޒާރާއާ ގުޅިގެން އެ މަސައްކަތްކުރެއްވުމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިލްތިމާސްކުރައްވާފައެވެ،

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން