މާލީ އެހީތެރިކަން ދިނުން މަޑުޖައްސާލި މީޑިއާގެ މައްސަލަ ބެލުމަށްފަހު ޔޫތު މިނިސްޓްރީއަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މާލީ އެހީތެރިކަން ދިނުން މަޑުޖައްސާލި މީޑިއާގެ މައްސަލަ ބެލުމަށްފަހު ޔޫތު މިނިސްޓްރީއަށް ފޮނުވައިފި

2025 ވަނަ އަހަރު މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމުގެ ތެރެއިން، އެހީ ދިނުން މަޑުޖައްސާލި މީޑިއާގެ މައްސަލަ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލައި ނިންމުމަށްފަހު، އެ މައުލޫމާތު މިއަދު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ފޮނުވައިފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ ހުރިހާ މީޑިއާތަކުގެ މައުލޫމާތާއި އެ ފަރާތްތަކަށް ލިބޭ ފައިސާގެ އަދަދުތައް މިދިޔަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ޔޫތު މިނިސްޓްރީއާ ހިއްސާކޮށްފައެވެ. ނަމަވެސް، ޝަރުތު ހަމަވި 41 އެޕްލިކޭޝަންގެ ތެރެއިން ދެ އެޕްލިކޭޝަނަކީ އެއް މީޑިއާ ހައުސްއެއްގެ ދަށުން ހިންގާ ދެ އޮންލައިން މީޑިއާއަކަށް ނިސްބަތްވާ ދެ އެޕްލިކޭޝަންކަން ފާހަގަކުރެވުމާ ގުޅިގެން އެ މައްސަލަ ބަލަން ޖެހުނީއެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޝަނުން ނިންމާފައިވަނީ، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގެ 6 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން، އެއް ވައްތަރެއްގެ ދެ މީޑިއަމެއް އިޚްތިޔާރު ނުކުރެވޭނެތީ، އެ ދެ އެޕްލިކޭޝަންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތަށް އެހީ ދިނުމަށެވެ. އެހެންކަމުން، އެ ފަރާތަށްވެސް މީޑިއާ ގްރާންޓުގެ ފައިސާ ލިބޭނެ އިންތިޒާމު މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ހަމަޖައްސައިދިނުމަށް ޔޫތު މިނިސްޓްރީގައި މިހާރު ވަނީ އެދިފައެވެ.

ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، 2025 ވަނަ އަހަރުގެ މީޑިއާ ގްރާންޓާ ގުޅިގެން ކުރިމަތިވި އިދާރީ މައްސަލަތައް ހައްލުކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތްތައް މިއަދު ހަވީރާ ހަމައަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި ބަދަލާއެކު، 2025 ވަނަ އަހަރު މާލީ އެހީތެރިކަން ލިބިގެންދާނީ ޖުމްލަ 40 މީޑިއާއަކަށެވެ.

މިއަދު އޮންލައިން