ޞަދަޤާތްކުރުމަކީ ހަމައެކަނި ތަނަވަސް މީހުންނަށް ކުރެވެން އޮތް ކަމެއް ނޫން! ވަރަށް ފަސޭހައިން ޞަދަޤާތް ކުރެވޭނެ ގޮތްތައް މިހުރީ ބައިވަރު!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޞަދަޤާތްކުރުމަކީ ހަމައެކަނި ތަނަވަސް މީހުންނަށް ކުރެވެން އޮތް ކަމެއް ނޫން! ވަރަށް ފަސޭހައިން ޞަދަޤާތް ކުރެވޭނެ ގޮތްތައް މިހުރީ ބައިވަރު!

ޞަދަޤާތްކުރުމާއިމެދު ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެއީ ތަނަވަސްކަން ހުންނަ މީހުންނަށް އެކަނި ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ނުބައި ވިސްނުމެކެވެ. އެކަން މިޙަދީޘްފުޅުންވެސް އެނގޭނެއެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ)) 

ޞަދަޤާތްކުރުމާއިމެދު ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެއީ ތަނަވަސްކަން ހުންނަ މީހުންނަށް އެކަނި ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ނުބައި ވިސްނުމެކެވެ. އެކަން މިޙަދީޘްފުޅުންވެސް އެނގޭނެއެވެ.މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“އިރު އަރާ ކޮންމެ ދުވަހަކުވެސް، ކޮންމެ މީހެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. (ފަހެ އެމީހެއްގެ) ކޮންމެ ހުޅަކުންވެސް ޞަދަޤާތްކުރާ ހުށިކަމެވެ. ދެމީހެއްގެ ދެމެދުގައި ޢަދުލުވެރިކަމާއެކު ޞުލްޙަކުރުވުމަކީ ޞަދަޤާތެކެވެ. އަދި މީހަކަށް އޭނާގެ ސަވާރީގައި އެހީތެރިވެ، އޭނާ އެއަށް އަރުވައިދީ ނުވަތަ އޭނާގެ ސާމާނު އެއަށް އަރުވައިދިނުމީ ޞަދަޤާތެކެވެ. އަދި ހެޔޮބަހެއް ބުނުމީ ޞަދަޤާތެކެވެ. އަދި ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. އަދި މަގުމަތީގައި މީހުންނަށް އުނދަގޫވާނޭހެން ހުންނަ ތަކެތި އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ.” 

(من عمل عملًا أشرك فيه معي غيري تركته وشركه)

މާނައީ: ”މީހަކު ޢަމަލެއްކޮށް, އެޢަމަލެއްގައި ތިމަންއިލާހާއި އެހެން ފަރާތަކާއި ޝަރީކުކޮށްފިކަމުގައި ވާނަމަ, އެމީހަކާއި އަދި އެމީހެއްގެ ޝިރުކު (އެ ޢަމަލު) ތިމަން އިލާހު ދޫކޮށްލައްވާހުށީމެވެ."

 

މިއަދު އޮންލައިން