ފާފަ ނުކޮށް ހުންނަން ކުރަންޖެހޭ ބައެއް ކަންކަން-

ކިޔުމަށް ހޭދަވާނީ 1މ 33ސ
ފާފަ ނުކޮށް ހުންނަން ކުރަންޖެހޭ ބައެއް ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ނަފްސަށް ނަސޭހަތްތެރިވެ ތައުބާވުމަށް އިލްތިމާސްކުރުން: 

މުސްލިމުން ދޭތެރެ ދޭތެރެއިން އެމީހެއްގެ ނަފްސު މުރާޖަޢާކުރަން ޖެހެއެވެ. އެހެނީ މިކަމުގެ ސަބަބުން އޭނާގެ އަޒުމް ވަރުގަދަކޮށް، ޙަރާމް ކަންތައްތަކާ ދުރުކޮށްދިނުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން ބައެއް ކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ. 

· މިދުނިޔެއަކީ ފަނާވަނިވި ތަނެއްކަން ހަނދާންކުރުން: އަދި އެ އިންސާނާ އެއްދުވަހަކު ދުނިޔެ ދޫކޮށްލާނެ ކަމާއި، އެވަގުތު ހެޔޮ ޢަމަލުތައް ފިޔަވައި އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

· ވަރުގަދަ އިޚްތިޔާރެއް އޮތުން: އެއްވެސް މައްސަލައަކަށް ފަސޭހައިން ދޫނުދިނުމާއި، ދަތިތައް ފާފަތައް ކުރުމަށް ބަހަނާއަކަށް ނުހެދުމެވެ. 

· މައިންބަފައިންގެ ރުހުން ހޯދުން: އެހެނީ މައިންބަފައިންގެ ހިތްހަމަޖެހުމަކީ މާތްالله ގެ ހިތްހަމަޖެހުން ލިބޭ ކަމެކެވެ.

· މަރާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާން ކުރުން: ޙަރާމް ކަންކަމުން ދުރުވެ ކިޔަމަންތެރިކަން އިތުރުކުރުމަށް އަމިއްލަ ނަފްސަށް ބާރުއެޅުމަށް ޤިޔާމަތް ދުވަސް މަތީން ހަނދާންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

· ދީނީ ޢިލްމުވެރީންގެ ދަރުސްތައް އަޑުއެހުން: އެކަންކަން މެދުވެރިކޮށް މުސްލިމަކަށް އޭނާގެ ދީން ދަސްކޮށް، އަދި އޭނާގެ ކުރީގެ މީހުންގެ ވާހަކަތަކާއި، ޙަރާމް ކަންތައްތައް ކުރުމުގެ ނަތީޖާއަކީ ކޮބައިކަމާއި، މާތްالله ގެ ރުހުމުގައި އުޅުނު މީހަކަށް ލިބުނު ޖަޒާއަކީ ކޮބައިތޯ އަޑުއަހާލެވޭނެއެވެ.  

· ހެޔޮ ޢަމަލުތައް ކުރުމާއި އެހެން މީހުންނަށް އެހީތެރިވުން: ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް، ﷲ ތަޢާލާ އާއި ގާތްވާނަމަ ﷲ ތަޢާލާ ލޯބިވޮޑިގަންނަވައެވެ.އަދި އެހެން މީހުންނަށް އެހީތެރިވެދީ، އަދި މީސްތަކުންގެ މެދުގައި ހެޔޮކަމާއި ލޯބި ފެތުރުމުގެ ސަބަބުން، މާތްالله މުސްލިމަކު ދެކެ ރުހިވޮޑިގަންނަވާ ހިނދު، މީސްތަކުން އޭނާދެކެވެސް ލޯބިވާނެ، އަދި އޭނާގެ ޙަޔާތުގައި އެހީތެރިވެދޭނެއެވެ.

މިއަދު އޮންލައިން