ގޭތެރޭގަވެސް އަދި ކޮންމެ ތަނެއްގައި ކޮންމެ ބައަކު ނަމަވެސް ތިމާއާއިމެދު ދައްކާ ދޮގުވާހަކަތަކަށް ރައްދުނުދިނުމުން ކުރާ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޭތެރޭގަވެސް އަދި ކޮންމެ ތަނެއްގައި ކޮންމެ ބައަކު
ނަމަވެސް ތިމާއާއިމެދު ދައްކާ ދޮގުވާހަކަތަކަށް ރައްދުނުދިނުމުން ކުރާ ފައިދާ
މާބޮޑުވާނެ!

ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު

ބޭނުމަކަށްވާނީ ވީހާ ގިނަ ޘަވާބު ލިބި ސުވަރުގެ ވަދެވުމެވެ. ޘަވާބު ލިބެން އޮތީ ހަމައެކަނި ތިމާކުރާ އަޅުކަމަކުން ނޫނެވެ. އެހެން މީހުން ތިމާއާއިމެދު ދައްކާ ދޮގުވާހަކަތަކަށް ރައްދުނުދިނުމަކީވެސް ޘަވާބުލިބެން އޮތް މަގެކެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވާނެ އެއްކަމަކީ އެމީހަކާއިމެދު ނުބައިބަސްތައް ބުނެވުމެވެ. ޚާއްޞަކޮށް އެއްވެސް ކުށެއް ނުކުރަނީސް ކުށްވެރިކޮށް ވާހަކަދެއްކުމެވެ. ނުކުރާ ކަންކަމުގެ އިލްޒާމްތައް އެޅުވުމެވެ.  

މިޘާލަކަށް ދިރިއުޅޭ ގޭތެރެއިންވެސް މިބުނި ފަދަ ކަންކަން ކުރިމަތިވަނީއެވެ. ފިރިމީހާގެ މަންމައާއި ފަހަރިން ނުވަތަ އެނޫންވެސް ބައަކު އެފަދަ ކަންކަން ކުރަނީއެވެ. އޮފީހަށް ދިއުމުން އެކުގައި މަސައްކަތްކުރާމީހުން އެފަދަ ކަންކަން ކުރަނީއެވެ.  

ބުނިއްޔާ ޤަބޫލުކުރާނަން ހެއްޔެވެ؟ އަޑު އިވޭކަމަށްވެސް ނުހަދާށެވެ! އެންމެ ބަހެއްވެސް ނުބުނާށެވެ! އަޅައިވެސް ނުލައި ނުވެސް ދެނެހުރިކަމަށް ހަދައިގެން ކެތްކޮށްލާށެވެ! އެމީހުން އެކުރާ ބޮޑު ފާފަ އެމީހުންގެ ފަތުގައި ދާނީ ލިޔުއްވެމުންނެވެ. އެމީހުން އެކުރާ ބޮޑު ފާފައިގެ ސަބަބުން ތިމާއަށް ހެޔޮކަން ދާނީ އިތުރުވަމުންނެވެ.  

މިހެން ބުނާއިރުވެސް މިއީ އެހައި ފަސޭހައިން ކެތްތެރިވެވޭބެ ކަމެއް ނޫންކަންވެސް އެނގެއެވެ. އެޙާލަތުގައި ކެތްތެރިވެވޭނީ މަދުމީހަކަށެވެ. ކެތްތެރިވެގެން ހުންނަނަމަ މަލާމާތުގެ ބަސްތައްވެސް ބުނާނެއެވެ. އެފަދަ ބަސްތަކަށްވެސް ރައްދުނުދޭށެވެ. ތިބާއަށް ކުރާ ފައިދާ ބޮޑުވާނީ އެއިރުންނެވެ.  

މިބުނި މަގުން ތިބާ ކެތްތެރިވެއްޖެނަމަ ތިބާއަށް ހީވެސް ނުކުރެވޭނެހައި ގިނަ ގޮތްގޮތުން ތިބާއަށް ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އެކަމުން ތިބާއަށް ލިބޭ އުފާވެރިކަން އެތައް ގުނައަކުން ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން