ބޭރުގަ އުޅޭއިރު ޖިންނި ޝައިޠޯނުންނަށް ރައްކައުތެރިނުވެ މިހާރުވެސް ފުދޭކަށް ނެތް! މިއޮތީ ދާދިފަހުން ހިނގި ބޮޑު ހަނގުރާމައެއްގެ ޥާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބޭރުގަ އުޅޭއިރު ޖިންނި ޝައިޠޯނުންނަށް ރައްކައުތެރިނުވެ މިހާރުވެސް ފުދޭކަށް ނެތް! މިއޮތީ ދާދިފަހުން ހިނގި ބޮޑު ހަނގުރާމައެއްގެ ޥާހަކަ!

މިހާ ވަރަށް ބޮކިދިއްލައި މަގުތައް އަލިކުރީމާވެސް

ޖިންނި އުޅޭނެތޯ؟ ކުރީ ޒަމާނުގެ މީހުން އެބުނާހެން އެއަށް ގެއްލުމެއް ދެވިއްޖެނަމަ ބަދަލުހިފާނެތޯ؟ އަވަލާނެތޯ؟ 

ކިޔުންތެރިޔާ ތިއަކުރައްވަނީ ހަމަ ގިނަ ބައަކު ކުރާ ސުވާލެކެވެ. ޖަވާބުގައި ބުނަންޖެހެނީ ﷲ ތަޢާލާ ދުނިޔޭގައި ލައްވަވާފައިވާ ކޮންމެ އެއްޗެއްވެސް ދުނިޔޭގައި އުޅޭނެއެވެ. ލޮލަށް ނުފެނުމަކީ ނުއުޅޭކަމަށް ބަލަންޖެހެންވީ ސަބަބެއް ނޫނެވެ. ދެވަނައަށް ތިއަކުރި ސުވާލުގެ ޖަވާބަކަށް ބުނަންޖެހެނީ ކަންކަން ކުރިމަތިވެގެން ރުޤްޔާކުރަންޖެހޭ ގިނަ ބައެއްގެ ކިބައިން ބަދަލުހިފާކަން އެނގިގެންދާ ކަމަށެވެ.  

ތިރީގައިވާ ލިޔުމުން ވަރަށް މުހިންމު މަޢުލޫމާތުކޮޅެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ  

އަހަރެމެން ނަމާދުކޮށް އުޅޭ މިސްކިތް ކައިރިއެވެ. ޒުވާން ފިރިހެން ކުއްޖަކު އޮތީ ބިން މައްޗަށް ވެށްޓިފައެވެ. އޮވެގެން އޭނާގެ ދެއަތުން މަސައްކަތްކުރަމުން ގެންދިއައީ އޭނާގެ ކަރުގައި ހިފައި ބާރުކޮށް މަރުވުމަށެވެ.  

އަހަރެމެން އޭނާ މިސްކިތުގެ ބައަކަށް ވެއްދީމުއެވެ. އަދި ފެންނަން ހުރި ނިޞާންތަކަށް ބަލައި ރުޤްޔާ ކުރީމެވެ. ވަކި ހިސާބަކުން އޭނާގެ ގައިގެ ބާރު ކެނޑި ހޭނެތުނެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ނުކުތީ ޖިންނިއެކެވެ.

އެކަން އެނގުމުން އޭނާ މެދުވެރިކޮށް އޭނާއަށް މިވަރުގެ އަނިޔާއެއް ދެނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އެ އެނާ އިޝާ ނަމާދު ވަގުތު ކައިރިވެފައި ވަނިކޮށް ދުވަމުން ގޮސް ޖިންނީގެ ދަރިއެއްގެ ބޮލަށް ފައިން އެރީ ކަމަށެވެ.  

ކަން ދިމާވި ގޮތުން އެ ޖިންނި ވީ މުއުމިން ޖިންނިއަކަށެވެ. އެހެންކަމުން އެކަން މެދުވެރިވީ އަހަރެމެންނަށް ޖިންނި ނުފެންނާތީ ކަމާއި އެއީ ޤަޞްދުގައި ކުރި ކަމެއް ނޫންކަން ޖިންނިއަށް ވިސްނައިދިނުމުން ޖިންނި އެކަން ޤަބޫލުކުރިއެވެ. އަދި އޭނާ ދޫކޮށްލިއެވެ.  

މިހާދިސާއަށް ބެލުމުންވެސް ގެއިން ބޭރަށް ނުކުންނަމުން ކިޔަންޖެހޭ ޛިކްރްތައް ނުކިޔުމާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަން ނުހޯދައި ބޭރުގައި އުޅުމުން މެދުވެރިވާ ކަންކަން މިހިރީ ފެންނާށެވެ!

 

- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން