ފަށްކުރުމެއް!: އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
ފަށްކުރުމެއް!: އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން

އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން: 

ފިރިމީހާ އޭނާގެ އަނބިމީހާގެ ނިތްކުރީގައި އަތްބާއްވާލައި، ބިސްމިﷲ ކިޔައި، އޭނާއަށް ބަރަކާތްލެއްވުމަށްއެދި ދުޢާކުރުން އެދެވިގެންވެއެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުގައިވާ ދުޢާ ކިޔުންވެސް ހުއްޓެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ.  

” إِذَا تَزَوَّجَ أَحَدُكُمْ اِمْرَأَةً , أَوْ اِشْتَرَى خَادِمًا , [ فَلْيَأْخُذْ بِنَاصِيَتِهَا ] [ وَلْيُسَمِّ اللهَ عَزَّ وَ جَلَّ ] [ وَلْيَدْعُ بِالْبَرَكَةِ ], وَلْيَقُلْ: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ [وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ]“( أخرجه البخاري في “أفعال العباد")  

މާނައީ:  ” ތިޔަބައިމީހުން ކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ، ނުވަތަ ޚާދިމަކު ގަތްފިނަމަ، ފަހެ، އެއަންހެނާގެ ނިތްކުރީގަ ހިފައި، ” ބިސްމިﷲ ކިޔައި، ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި ކިޔާށެވެ. اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ. އަދި އޭނާ ޖަމަލެއް ގަތްނަމަ، އޭގެ ބޮލުގައި ހިފައިވެސް ހަމައެފަދައިން ކިޔާށެވެ.  “ 

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ. 

- އައްޝައިޚު ޢަބްދުލްމަތީން

- ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން  

- ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -2

 

މިއަދު އޮންލައިން