ދެމަފިރިންގެ ދިރިއުޅުން ކާމިޔާބުކުރަން ބޭނުންވާނަމަ މިބާވަތުގެ އެކުވެރިން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެމަފިރިންގެ ދިރިއުޅުން ކާމިޔާބުކުރަން ބޭނުންވާނަމަ މިބާވަތުގެ އެކުވެރިން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ!

އަހުރެމެން ދެމަފިރިންގެ ދެމުދުގަ ދުވަހަކުވެސް ކަންބޮޑުވާންޖެހޭވަރުގެ އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެކަމަކު ކުއްލިއަކަށް

އަނބިމީހާ ޝައްކުރަން ފަށައިފިއެވެ. އޮފީހުން ގުޅިނަމަވެސް އެވަޤުތު ގުޅަންވީ ކީއްވެގެންތޯ ސުވާލުކުރަން ފަށައިފިއެވެ.

ޙަޤީޤަތް އެނގުނީ އެތައް ދުވަހަކުންނެވެ. އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ އާއި ބައްދަލުވެއްޖެނަމަ އެންމެ ގިނައިން ކިޔައިދޭ ވާހަކައަކީ ކޮންމެވެސް ފިރިއަކު އޭނާގެ އަނބިމީހާއަށް މަކަރުހެދިވާހަކައެވެ. އެހެންވެ އަނބިމީހާ، އޭނާއަށް އަހުރެންވެސް އެފަދަ ދެރައެއް ދީފާނެ ކަމަށް ޝައްކުކުރެވެން ފެށީއެވެ.

މިކަން ޙައްލުކުރަން މަސައްކަތްކުރާނެ ގޮތުގެ ލަފައަކަށް އަހުރެންގެ އެކުވެރިއެއްގެ ގާތުގައި އެހުމުން ބުނީ އަނބިން ޝައްކުކުރާނީ އެމީހުން ވައްކަންކުރާތީ ކަމަށެވެ. އެބަސް ޤަބޫލުކުރެވި އަނބިމީހާއަށް ފާރަލާން ފެށުނެވެ. ގޭގައި ސިއްރު ކެމެރާތައް ހަރުކޮށްގެން ފާރަލީމެވެ. ސިއްރުން ފޯނުވެސް ޗެކުކުރީމެވެ. އެކަމަކު އެތައް ދުވަހެއްވީއިރުވެސް އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ނުފެނުނެވެ.  

ދެންވެސް ހިތްހަމަނުޖެހިގެން ޢިލްމްވެރިއަކާއި މަޝްވަރާކުރުމުން ވިދާޅުވިއެވެ. "ތިއަ ދެ މައްސަލަވެސް ތިއަ ކުރިމަތިވީ ދެމަފިރިންކުރެ އެކެއްގެވެސް ކުށެއް އޮވެގެނެއް ނޫނެވެ. ވިސްނާނުލައި ވާހަކަދައްކާ އެކުވެރިން ގެންގުޅެވޭތީއެވެ. އެފަދަ މީހުންގެ ކިބައިން ދިރިއުޅުމަށް ލިބޭ ދެރަ ބޮޑެތި މޮޔައިންގެ ސަބަބުން ލިބޭ ދެރައަށްވުރެވެސް މާބޮޑުވާނެއެވެ." 

 

- އަލަފް މިއަދުނޫސް

މިއަދު އޮންލައިން