ދުނިޔޭގައި ތިބި މުސްލިމުންގެ އާބާދީއަށް ބަލައިފިނަމަ ޢަރަބިންގެ ޢަދަދު ނިޞްބަތުން ވަރަށް ބޮޑުތަން މަދުވާނެއެވެ. އަދި
އެހެން ދީންތަކުގައި ތިބެފައި އިސްލާމްވި މީހުންގެ ޢަދަދުވެސް ބޮޑުތަނުން ގިނަވާނެއެވެ. އެކަމުން އެނގެނީ އެންމެ ރިވެތި ގޮތުގައި ޤުރްއާން ނުކިޔެވޭނެ ގިނަ ބައަކު އުޅޭނެ ކަމެވެ.
ކަންބޮޑުނުވާށެވެ! އުނދަގުލުގައި ޤުރްޢާން ކިޔަވާ މީހާއަށް 2 ދަރުމަ ދެއްވަވާނެތެވެ. އެއީ ކިޔެވުމުން ދެއްވަވާ ދަރުމައާއި ކިޔަވަން ކުރި ބުރަ މަސައްކަތަށް ދެއްވަވާ ދަރުމައެވެ.
ކުރިއަށް މިއޮތީ ރަމަޟާން މަހެވެ. ޤުރްއާނުގެ މައްސަރެވެ. ޥީމާ ތިމާއަށް އެންމެ ފަރިތަކޮށް ނުކިޔެވޭތީ ކިޔެވުން މަދުނުކުރާށެވެ. ވީހާ ގިނައިން ކިޔަވަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ މީހާގެ ހިތަށާއި އޭނާކުރި މަސައްކަތަށެވެ.
ހަމަ އެއާއިއެކު ޢުމުރުން ދުވަސްވެފައިވީނަމަވެސް ތަޖުވީދުމަގުން ކިޔަވަން ދަސްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ފަރިތަކޮށް ކިޔަވަން ދަސްކުރަންވެސް މަސައްކަތްކުރާށެވެ. ޤުރްއާން ކިޔަވަން ދަސްކުރަން މަސައްކަތްކުރާ މީހަކަށް އެކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން