އަނބިދަރިންނަށާ މައިންބަފައިންނަށް ޚަރަދުނުކޮށް ސަލާމަތްވެވޭނީ ކޮންގޮތަކުން؟ އެމީހަކު އަޅާލައި ޚަރަދުކޮށް ބަލަހައްޓަންޖެހޭ އެއްވެސް މީހަކަށް އިހްމާލުވުމަކީ ފާފަވެރިވާނެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަނބިދަރިންނަށާ މައިންބަފައިންނަށް ޚަރަދުނުކޮށް ސަލާމަތްވެވޭނީ ކޮންގޮތަކުން؟ އެމީހަކު އަޅާލައި ޚަރަދުކޮށް ބަލަހައްޓަންޖެހޭ އެއްވެސް މީހަކަށް އިހްމާލުވުމަކީ ފާފަވެރިވާނެކަމެއް!

ބައެއް މީހުން ނަމާދުކުރެއެވެ. ފަޤީރުންނަށް ޞަދަޤާތްވެސް ކުރެއެވެ. އެކަމަކު ބެލެހެއްޓުން ވާޖިބުވާ މީހުންނަށް އަޅައެއް

ނުލައެވެ. ދެންވާނީ ކިހިނަކުންހެއްޔެވެ؟ ގާތީ އަޅާކަނޑައި ހުސްވުމެވެ. ތިމާއަށް ކުރާނެ ފައިދާއެއް ނެތުމެވެ. ވީމާ ވިސްނާށެވެ!

މުސްލިމަކު ޔަތީމް ކުއްޖަކަށް އެހީތެރިވެ ބަލަހައްޓައިދީފިނަމަ ހުވަފަތް އަންހެނަކަށް އެހީތެރިވެދީ ބަލަހައްޓައިފިނަމަ އެމީހަކަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އެކަން ޔަޤީންވަނީ ސުވަރުގޭގެ އެންމެ މަތީދަރަޖައިގައިވާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ޤުރްއާނުން ޔަޤީންކުރެވިފައި އަދި އެފަދަ މީހުން ސުވާރުގޭގައިވާނީ ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ނިކަމެތި ޙާލުގައި ހުރި މީހެއްގެ ބޭނުންތައް ފުއްދައިދީ އޭނާއަށް އުފާވެރިކަން ހޯދައިދޭތީއެވެ. އެކަންކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމުންނެވެ. ވީމާ މޭގެ އަނެއްކޮޅުވެސް ހަމައެގޮތަށް އޮންނަންޖެހޭނެއެވެ.  

އެއްވެސް މީހަކަށް ދުނިޔޭގައި ނުވަތަ އެމީހަކު ދިރިއުޅޭ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ނިކަމެތިންނަށް އެހީތެރިނުވެވިދާނެއެވެ. އަދި އެކަމުގައި އެމީހެއްގެ ޒިންމާ އޮންނާނީ އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މިންވަރެއްގެ މައްޗަށެވެ. އެންމެންނަށް އެހީތެރިވާނެ ތަނަވަސްކަން ދެއްވަވާފައިނުވާނަމަ އެންމެންނަށް އެހީތެރިނުވެގެން ފާފަވެރިއެއް ނުވާނެއެވެ.  

ހަމައެފަދއިން އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން އެމީހަކު ބަލަހައްޓަންޖެހޭ މީހުންނަށް އެހީތެރިނުވާނަމަ އެކަމުގެ ސަބަބުން ފާފަވެރިވާނެއެވެ. ވީމާ އަނބިން، ދަރިން، މައިންބަފައިން އަދި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ އެންމެންނަށްވެސް ތިމާގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެހީތެރިވެދޭށެވެ. ޚާއްޞަކޮށް މައިންބަފައިންނަށާއި އަނބިދަރިންނަށް އެހީތެރިވުމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭނެއެވެ. އެކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ތަނަވަސްކަންވެސް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން