ކޮންމެ ޙާލެއްގަ އުޅެންޖެހުނަސް އެއްވެސް މައްސަލައެއް ނުޖެހި އުފަލުގަ ދެމަފިރިންނަށް އުޅެވޭނެކަން މުޖައްރިބް ހަމައެކަނި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކޮންމެ ޙާލެއްގަ އުޅެންޖެހުނަސް އެއްވެސް މައްސަލައެއް ނުޖެހި އުފަލުގަ ދެމަފިރިންނަށް އުޅެވޭނެކަން މުޖައްރިބް ހަމައެކަނި ގޮތް-

ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެކަމަކު އެކަމުގެ ޙަޤީޤީ

ސަބަބު ޤަބޫލުކުރަން ގިނަ ބައަކު ފަސްޖެހެއެވެ. އެއީ ދުބިޔެއިން ބޭނުންވާ އުފާތައް ގިނަވުމުންނެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަން ގިނަވުމުންނެވެ.  

ގޮތްބަލަންވެސް ނިކަން ތިމަންމެން ދެމީހުން ބޭނުންވާ ކަމަކީ އާޚިރަތް ލިބިގަތުން ކަމަށް ކަނޑައަޅައި އެކަމަށް މަސައްކަތްކޮށްބަލާށެވެ! އެއިރުން ލިބޭ އާމްދަނީ މަދުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ ބައިވެރިޔާ ބޭވަފާތެރިވެގެން ކަންބޮޑުވާކަށްވެސް ނުޖެހޭނެއެވެ. އެއީ އެފަދަ ބައިވެރިއަކު ބޭވަފާތެރިނުވާނެތީއެވެ. ހަމަ އެގޮތަށް ބައިވެރިޔާ ތިމާއާއި އަޅައިނުލައިގެންވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެއީ އެފަދަ ބައިވެރިއަކު އޭނާގެ ބައިވެރިޔާއާއި އަޅައިނުލައި ނުހުންނާނެތީއެވެ.  

އަހުރެން މިހެން ބުނުމުން މިވާހަކަ ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެހެންވީމާ އެކަން އަމިއްލައަށް ޔަޤީންކުރާށެވެ. ޔަޤީންކުރަން ކުރަންޖެހޭނެ ކަމަކީ އާޚިރތް ލިބިގަންނަން މަސައްކަތްކުރާ ދެމަފިރިއަކާއި ބައްދަލުކޮށް އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ބެލުމެވެ. ދެމަފިރިންގެވެސް އެންމެ ބޮޑު ބޭނުމަކީ އާޚިރަތް ލިބިގަތުން ކަމަށް ހަދައިގެން އުޅޭ ދެމަފިރިންގެ ތެރެއިން ހިތްހަމަނުޖެހި، ކަންބޮޑުވެގެން ތިބި ދެމަފިރިއަކާއި ނުވަތަ އެކަކާއި ބައްދަލުވިނަމަވެސް އެކަން އަހުރެންނަށް އަންގާލައިދޭށެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ބައެއް ނަމަވެސް އެމީހުންނާއި ބައްދަލުކުރަން އަހުރެން ބޭނުންވެއެވެ.  

ވަކިމައްސަލައެއް ނޫނެވެ. ކައިވެންޏަށްފަހު ދެމަފިރިންގެ މެދުގައި ޖެހޭ ހުރިހާ މައްސަލަތަކެއްވެސް ޖެހެނީ ކައިވެނީގެ ސަބަބުން ޙާޞިލުކުރަން ދީނުގައި އޮތް މަޤްޞަދު ޙާޞިލުކުރަން މަސައްކަތް ނުކުރެވޭތީއެވެ. އެމަޤްޞަދަކީ އާޚިރަތް ލިބިގަތުމެވެ. ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދުމީހަކަށެވެ. މައްސަލަތައް ކުރިމަތިވާ ސަބަބަކީ ހަމައެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން