ބަންޑުން ނިދުމުން ފުރާނައަށް ނުރައްކާވާކަމުގެ އިންޒާރު މިއަދު ދެނީ ޑޮކްޓަރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ބަންޑުން ނިދުމުން ފުރާނައަށް ނުރައްކާވާކަމުގެ އިންޒާރު މިއަދު ދެނީ ޑޮކްޓަރުން!

އަވަހާރަފުޅުލައްޕަވަންވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، ނަމާދަށް ވުޟޫކުރައްވަވާފަދައިން ވުޟޫކުރައްވަވައެވެ.

އޮށޯވެވަޑައިގަންނަވަނީ ކަނައަތްޕުޅުފަރާތަށެވެ.  

ދެން އޮތީ ބަންޑުން އޮވެ ނިދުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެއްކަމަށް އޮތް ހަދީޘްފުޅެވެ. ސުނަން އިބްން މާޖާ: 3723 ބައްލަވާށެވެ. ޙަދީޘް ދަރަޖަ ކުރެއްވުމުގައި ޢިލްމްވެރިންގެ މެދުގައި ޚިލާފްތަކެއް ނެތް ކަމަކަށް ނުދަންނަވަމެވެ.

ކޮންމެއަކަސް މިއަދު ޑޮކްޓަރުން އެދެނީ ކުޑަ އިންޒާރެއް ނޫނެވެ. ބަންޑުން ނިދާނަމަ ނޭވާލުމުގެ ނިޒާމަށް ހުރަސްއެޅި ހޮޅިތައް ބަންދުވާކަމުގެ އިންޒާރެވެ. އޮކްސިޖަން ލިބުން ބަންދުވާކަމުގެ އިންޒާރެވެ. އެކަމުގެ އަސަރު ސިކުނޑިއަށްކޮށް ހާޓްއެޓޭކް ޖެހުމަށް މަގުފަހިވާކަމުގެ އިންޒާރެވެ.  

އެއްވެސް މީހަކަސް ނިދީގައި ކުރެވޭ ކަމަކުން ކުށެއް ނެތެވެ. ފާފަވެރިއެއްވެސް ނުވާނެއެވެ. ވީމާ ނިދީގައި ބަންޑުން ޖެހެވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޤަޞްދުގައި ބަންޑުން ނުނިދާށެވެ. މިކިޔައިދިން ސަބަބުތަކަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން