ޒަވާޖީޙަޔާތުގެ އިތުރަށް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ މިވިސްނުމުގަ ތިބެ މިގޮތަށް ޢަމަލުކުރާއަންހެންކުދިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޒަވާޖީޙަޔާތުގެ އިތުރަށް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ މިވިސްނުމުގަ ތިބެ މިގޮތަށް ޢަމަލުކުރާއަންހެންކުދިންނަށް!

އަންހެން ކުއްޖާ ބުންޏެވެ. "އަހުރެން ތިބާ ދެކެ ލޯބިވަމެވެ. އެކަމަކު ގައިގަ އަތްލަންވާނީ ކައިވެނިކޮށްގެންނެވެ."  

ޖަވާބުގައި ފިރިހެން ކުއްޖާ ބުންޏެވެ. "އަހުރެންވެސް ތިބާ ދެކެ ލޯބިވަމެވެ. އެކަމަކު އަހުރެންގެ ފައިސާގަ އަތްލަންވާނީ ކައިވެނިކޮށްގެންނެވެ."  

އަންހެން ކުއްޖާގެ ޘާބިތުކަން މާބޮޑެވެ! "ބަލަ އަހުރެން ތިބާގެ އެއްވެސް ފައިސާއަކަށް އެދިއްޖައިން ހެއްޔެވެ؟ ހަދިޔާ ތިއަ ގެނެސްދެނީވެސް ނުގެންނަން ބުނެފައިވަނިކޮށް ނޫންހެއްޔެވެ؟ ހަދިޔާއަކަށް އަހުރެންގެ ބަރުދަނަށް ރަނާ ޖަވާހިރު ދިނަސް އެއިން އަހުރެންގެ ޢިއްފަތްތެރިކަމުގެ އަދާކުރެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟ ނަމަނަމަ ކައިވެނިނުކޮށްހުރެ ދެން އަހުރެންނަށް އެއްވެސް ހަދިޔާއެއް ނުދޭށެވެ. ދިނަސް ނުހިފާނަމެވެ. 

އަދިވެސް ބުނެލާނަމެވެ! ލޯބިވެގެން އުޅެވިއްޖެއެވެ. މިއަދު މިމަހުން 5 އެވެ. އަދި 25 ދުވަސް އެބައޮތެވެ. މަހުގެ ނިޔަލަށް ކައިވެނިނުކޮށްފިނަމަ ނަންބަރުވެސް ބްލޮކްކޮށްލާނަމެވެ!" 

ފިރިހެން ކުއްޖާ އެހިސާބުން އޭނާ ބުނި ބަހަށް މާފަށް އެދުނެވެ. އަންހެން ކުއްޖާ މާފުކުރިއެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލުނުކުރާނެ ކަމަށްވެސް ބުންޏެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ޢަބުރުވެރި ދިރިއުޅުމެއް ފަށައިގަނެވޭނީ މިއަންހެންކުއްޖާ ފަދައިން ވެވިގެންނެވެ. އަދި ޒަވާޖީހަޔާތުގެ ކާމިޔާބީގެ އިތުރުން އާޚިރަތް ލިބެން އޮތީވެސް އެގޮތަށް ކަންތައް ކުރެވިގެންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން