ވަޒީފާއަށް ހުރަސްއެއެލިޔަސް، ކައިވެނިކުރަން ހުރަސްއެޅިޔަސް ޒަވާޖީޙަޔާތަށް ހުރަސްއެޅިޔަސް ނިކަން މިމަގުން ޢަމަލުކޮށްބަލަ! ލިބޭ ކުރިއެރުން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވަޒީފާއަށް ހުރަސްއެއެލިޔަސް، ކައިވެނިކުރަން ހުރަސްއެޅިޔަސް ޒަވާޖީޙަޔާތަށް ހުރަސްއެޅިޔަސް ނިކަން މިމަގުން ޢަމަލުކޮށްބަލަ! ލިބޭ ކުރިއެރުން މާބޮޑުވާނެ! އިން ޝާ ﷲ

މީހަކު ތިބާއަށް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެއެވެ. އެހިސާބުން ފުރަތަމަ ކަމަކަށް އެކަމަށް ވިސްނުންވެސް

ހުއްޓައިލާށެވެ. ﷲ ތަޢާލާ ތިމާއަށް ދެއްވަވާނެ ރަޙްމަތާއިމެދު ވިސްނާށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މީހުން ކުރާ ނުބައި ކަންކަމަށް ކަންބޮޑުވެ އޭނާގެ ފަހަތުން ދުވުމުގެ ބަދަލުގައި ހެޔޮ ބަދަލަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭމީހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެތީއެވެ.  

މީހަކު ދެރައެއް ދީފިނަމަ ވިސްނަންވީ އޭނާ އެދިން ދެރައާއިމެދުގައެއް ނޫނެވެ. އެކަން އެގޮތަށް މިންވަރުކުރެއްވެވީ ﷲ ތަޢާލާ ކަމާއި މިއީ ކުރިމަތިކުރެއްވެވި އިމްތިޙާނެއް ކަމެވެ. މީގެ މާނައަކީ ތިބާގެ ފައިސާތަކެއް ނުވަތަ އެނޫންވެސް އަގުހުރި އެއްޗެއް ވަގަށް ނެގުމުން އެ އެއްޗެއް ހޯދަން މަސައްކަތްނުކުރުމެއް ނޫނެވެ. އެހޯދަން އެޤައުމެއްގެ ޤާނޫނުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ.  

ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ވަޒީފާއެއް ހޯދަން މަސައްކަތްކުރަނިކޮށް އެކަމަށް ހުރަސްއެޅުން، ކައިވެނިކުރަން މަސައްކަތްކުރަނިކޮށް އެކަމަށް ހުރަސްއެޅުން، ޒަވާޖީޙަޔާތެއްގައި އުޅެނިކޮށް ދިރިއުޅުމަށް ހުރަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. 

އަހުރެން ވަރަށް ޘާބިތުކަމާއިއެކު ބުނަމެވެ. މިފަދަ އެއްވެސް ކަމަކަށް މީހެއްގެ ފަރާތުން ހުރަސް އެޅިއްޖެނަމަ އެމީހެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި ﷲ ތަޢާލާގެ ފަރާތުން މަދަދަށް އެދުމުން ދެއްވަވާ ބަދަލު މާފުރިހަމަވާނެއެވެ. އިން ޝާ ﷲ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިބާއަށް އެފަދަ ބޮޑު ކަމެއް ކުރިމަތިވުމުންވެސް ގެއްލުންދިން މީހާ ކުރި ކަންކަމަށް ނުބަލައި ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދުނީތީއެވެ.

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން