ކައިވެނީގެ ކުރިން ގިނަ ބައަކަށް ލަނޑުދިން ދެމަފިރިއެއްގެ ވާހަކަ! ގިނަ މީހުންނަށް ލަނޑުދެވުނީ ކާކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކައިވެނީގެ ކުރިން ގިނަ ބައަކަށް ލަނޑުދިން ދެމަފިރިއެއްގެ ވާހަކަ! ގިނަ މީހުންނަށް ލަނޑުދެވުނީ ކާކަށްތަ؟

ފިރިމީހާ: "ކައިވެންޏަށް 3 އަހަރުވީއެވެ.

މިކައިވެންޏާއިމެދު ތިބާ ދެކެނީ ކޮންގޮތަކަށް ހެއްޔެވެ؟" 

އަނބިމީހާ: "ތިބާއާއި ކައިވެނިކުރެވުނުކަން އެއީ އަހުރެންނަށް ކުރެވުނު އެންމެ ބޮޑު ކުށެވެ.  

ފިރިމީހާ: ތިބާގެ ވިސްނުމަކީ ތިއައީނަމަ އަހުރެންނާއިއެކު އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހުރެންގެ ކުށް ދައްކައި ޝަކުވާ ނުކުރަނީ ކީއްވެގެންހެއްޔެވެ؟  

އަނބިމީހާ: ތިބާއާއިއެކު އުޅުމުގެ ބޭނުމަކީ އަހުރެންނަށް ލިބުން ޙައްޤު އަދަބު ލިބިގަތުމެވެ. ޝަކުވާ ނުކުރަނީ މިލިބެނީ އަހުރެންނަށް ލިބުން ޙައްޤު އަދަބުކަމަށްވާތީއެވެ. އަހުރެންނަށް ލަނޑުދެވުނު ކޮންމެ ލޯބިވެރިއަކަށް 1 އަހަރު ދުވަހު ތިބާ އާއިއެކު އުޅޭނަމެވެ. އިތުރަށް އުޅެން ވިސްނާނީ އެހިސާބުންނެވެ.  

އަނބިމީހާ ދެއްކި ވާހަކަތައް ފިރިމީހާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ވިސްނުނީ އެއީ އޭނާގެ ނުބައި މާޒީ އެނގޭތީ ބުނި ވާހަކަތަކެއް ކަމަށެވެ. އޭނާ އާއި ކައިވެނިކުރީ އެތައް އަންހެނަކަށް ލަނޑުދީފައިކަން އެނގޭތީ ބުނި ވާހަކަތަކެއް ކަމަށެވެ.  

މިވާހަކަކޮޅު އަޑުއިވުމުން އަހުރެންގެ ހިތަށް އެރިއެވެ. އަނބިމީހާ އެބުނަނީ އޭނާގެ ޙަޤީޤަތްކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ދެމީހުންނަށް އެވަނީ ހާދަ ގިނަ ބައަކަށް ލަނޑުދެވިފައެވެ. މިއީ މިއަދުގެ ޙާލަތުކަމަށް ޤަބޫލުކޮށް ނިންމައިލުން ނޫން ގޮތެއް ނެތެއް ނޫންހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން