ބަލިވުމުން އޮތީ ސަބަބުތަކުގައި ހިފައި ޝިފާ ލިބުން
އެދިގެން މަސައްކަތްކުރުމެވެ. ގިނަ ބއަކަށް އެންމެ ބޮޑަށް ސަމާލުކަންދެވެނީ ގަޑިއަށް ބޭސްކެއުމަށެވެ. އެގޮތަށް ކަންތައް އެކުރެވެނީ ބޭހަކީ ޝިފާލިބޭނެ އެންމެ ބޮޑު ސަބަބުކަމަށް ޤަބޫލުކުރެވޭތީއެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން 4 ގަޑިން ގަޑިން ކާނެ ބޭހެއް ދީފިނަމަ ފޯނުއެލާމްކޮސްގެންވެސް ގަޑިއަށް ބޭސްކާނެއެވެ. 0 ސިކުންތައް އެކަން ކުރާނެއެވެ. ދެރަވާންޖެހޭ ޖެހޭ ކަމަކީ ބޭސްކެއި ނަމަވެސް ޝިފާ ލިބެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވެފައި ކޮންމެ ދުވަހަކު 5 ވަޤުތު ކުރަން އަންގަވާފައިވާ ކަންތައް ނުކުރެވޭ ކަމެވެ.
ހުރިހާ އެކުވެރިންވެސް ރަނގަޅަށް އަޑުއަހާށެވެ! ބަލިވީމާ ބާރަށް ދުއްވާފައި މިދަނީ ޑޮކްޓަރު ގާތަށެވެ. ބަލިވެގެން ދެއްކުމުން ޑޮކްޓަރަކު ކަސްރަތު ކުރާށޭ ބުނެފިނަމަ އެބުނި ވަރަށްވުރެ ގިނައިންވެސް (އިތުރަށްވެސް) ކަސްރަތު ކުރަމުއެވެ. ނަމަވެސް ﷲ ތަޢާލާ ނަމާދުކުރަން އަމުރުކުރެއްވެވުމުން އެކަމެއް ނުކުރެވެއެވެ. ޝިފާ ދޭނީ ޑޮކްޓަރުން ހެއްޔެވެ؟ ކަސްރަތު ހެއްޔެވެ؟ ޝިފާ ދެއްވަވާނީ ﷲ ތަޢާލާ ނޫންހެއްޔެވެ؟
އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ. ޤަބޫލުކުރާނެވެސް ކަމެކެވެ. ނަމަވެސް ޢަޤީދާ ބަލިކަށިވުމުން ފުރިހަމއަށް ޤަބޫލު ނުކުރެވެނީއެވެ. އަމަލުވެސް ނުކުރެވެނީއެވެ.
ކަސްރަތަކީ ޑޮކްޓަރަކު ނުބިނަމަވެސް ކުރަންޖެހޭ ކަމެކެވެ. ބައްޔެއްވެގެން ވަކިބާވަތެއްގެ ކަސްރަތެއް ކުރަން ބުނެފިނަމަ އެކަން ކުރަންވެސްވާނެއެވެ. އެކަމާއި ދެކޮޅަށް ބަހެއް ބުނީއެއް ނޫނެވެ. ނަމަވެސް މިބުނަނީ އަހަރެމެންނަކީ މުސްލިމުން ކަމުގައިވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ކަންކަން ކުރަން ކަމަށެވެ. ދީނުގެ ފަރުޟުތައް އަދާކުރުމަށް ކަމަށެވެ.
އަވަހަށް ޢަމަލުތައް އިޞްލާޙްކޮށް ފުރަތަމަ ކަމަކަށް ނަމާދުކުރަން ފަށާށެވެ. ޝިފާލިބޭނީވެސް އަދި ނަރަކައިން ސަލާމަތް ވެވޭނީވެސް އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން