މީސްތަކުންނަކީ ފާފަ ކުރެވޭނެ ބައެއްކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ނުހަނު ފަސޭހައިން ކުރެވޭނެ ކަންކަން ﷲ ތަޢާލާ މިވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ފާފަކުރެވުމުން އެމީހެއްގެ ދަރަޖަ ތިރިވެގެންދާ މިންވަރު މަތިކުރެވޭނެ ގޮތްތައްވެސް ﷲ ތަޢާލާ މިވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
ކުރެވޭ ހަމަ އެންމެ ޢަމަލަކުން ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވައި، 10 ޘަވާބު ދެއްވަވައި 10 ފާފަ ފުއްސަވައިދެއްވަވައި 10 ދަރަޖަ މަތިވެރި ކުރައްވަވަން ބޭނުން ހެއްޔެވެ؟
އެހެންކަމަށްވާނަމަ ރަނގަޅަށް އަޑުއަހާށެވެ!
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މީހަކު 1 ފަހަރު ރަސޫލާ (ﷺ) އަށް ޞަލަވާތް ކިޔަވައިފި ނަމަ 10 ސަވާބު ދެއްވަވައި 10 ފާފަ ފުއްސަވައިދެއްވަވައި އަދި 10 ދަރަޖަ އެމީހަކު މަތިވެރި ކުރައްވަވާނެތެވެ. އަދި އޭނާގެ ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެކަމަށްވެސް ޙަދީޘްފުޅުގައިވެއެވެ.
ހަމަ އެއާއިއެކު ދުޢާ ކުރުމުގެ ކުރިން ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަން އޮތް ކަމެކެވެ. އެކަމުގައި ވަކި މިނެއްވެސް ނެތެވެ.
އެމީހަކު ބޭނުންވަރަކަށް ކުރަންވީއެވެ. ގިނައިން ކުރިވަރަކަށް އެކަމުގެ ފައިދާ ކުރާނީ ހަމަ އެމީހަކަށެވެ. ހުކުރު ދުވަހު އޮތީ ގިނަކުރުމެވެ. އެއިގެ މާނައަކީ އެހެން ދުވަސްދުވަހު ނުކުރުމެއް ނޫނެވެ.
މިޙަދީޘްފުޅު ބައްލަވައިލައްވާށެވެ.
The Prophet (blessings and peace of Allah be upon him) also urged us to do that and explained that it brings a multiple reward and that it is a means of attaining forgiveness of sins and having one’s needs met. He (blessings and peace of Allah be upon him) said:
“Whoever sends blessings upon me once, Allah will send blessings upon him tenfold and will erase from him ten misdeeds and raise him ten degrees in status.” Narrated by an-Nasaa’i (1297); classed as saheeh by al-Albaani in Saheeh Sunan an-Nasaa’i.
At-Tirmidhi (2457) narrated that Ubayy ibn Ka‘b (may Allah be pleased with him) said: I said: O Messenger of Allah, I want to send more blessings upon you (before offering supplication); how much of my supplication should I allocate to that? He said: “Whatever you wish.” I said: One quarter? He said “Whatever you wish, but if you do more, it will be better for you.” I said: Half? He said: “Whatever you wish but if you do more, it will be better for you.” I said: Two thirds? He said: “Whatever you wish, but if you do more, it will be better for you.” I said: Shall I make all of my supplication for that? He said: Then your worries will be taken care of and your sin will be forgiven.”
Classed as hasan by al-Albaani in Sunan at-Tirmidhi.
ޙަޤީޤަތުގައި ރަސޫލް (ﷺ)ގެ ނަންފުޅުގެ އަޑު އިވުމުން ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެއްވެސްމެއެވެ.
"ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އިމާންވެއްޖެ މީސްކަތުންނޭވެ! ތިއަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިއަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" (އަލްއަޙްޒާބް: 56)
ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވީ ﷲ ތައާލާ ބާވައިލެއްވެވި މި އާޔަތަށް އަމަލުކުރުމަށެވެ. އެކަމުގެ ފައިދާ ﷲ ތަޢާލާ ދެއްވަވާނީ ހަމަ އެމީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން