އުފަންވުމާއިއެކު ދަރިން ރޯސަބަބާ އެވަޤުތު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

ކިޔުމަށް ހޭދަވާނީ 4މ 44ސ
އުފަންވުމާއިއެކު ދަރިން ރޯސަބަބާ އެވަޤުތު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

- ޢަލީ އިޙްސާން ފިރާޤު

 

ކުދިން އުފަންވުމާއިއެކު ރޮއިގަންނަ ސަބަބާއިމެދު އެކިމީހުން އެކިގޮތަށް ވާހަކަދައްކައެވެ. ޙަދީޘްފުޅުން ފެންނަން އޮތީ މިފަދައިންނެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.  

"‏ مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا ‏"‏‏ {صحيح البخاري، كتاب التفسير، باب ‏(وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ‏)‏، ޙަދީޘް ނަންބަރު 4548} 

މާނައީ: [ޝައިޠާނާގެ ބީހުމަކާނުލައި ހަމައެއެއްވެސް ކުއްޖަކު އުފަންނުވެއެވެ. ދަރިފުޅު ވިހާތަނުން ބާރަށް ރޯންފަށަނީ ޝައިޠާނާ އެކުއްޖާގެ ގައިގައި ބީހުމުން ނެވެ. އެގޮތަށް ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުންނެވެ.] 

މި ޙަދީޘު ރިވާކޮށްދެއްވުމަށްފަހު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިބާ އެދޭނެމަ މި އާޔަތް ކިޔަވާށެވެ. وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾   

މާނައީ: [އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ].  

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ 

" ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް މަރިޔަމޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ ޙަޟްރަތަށް ދަންނަވަމެވެ."

(އާލްޢިމްރާން: 36)

 

- ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

 

 

 

މިއަދު އޮންލައިން