ޒަވާޖީޙަޔާތުގެ ބައިވެރިއަކަށް ތިބާއަށް ބޭނުންވެގެން ތިއައުޅޭ ފެންވަރުގެ މީހަކު ލިބެން އެންމެ ފަސޭހަވާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޒަވާޖީޙަޔާތުގެ ބައިވެރިއަކަށް ތިބާއަށް ބޭނުންވެގެން ތިއައުޅޭ ފެންވަރުގެ މީހަކު ލިބެން އެންމެ ފަސޭހަވާނެ ގޮތް-

ބައްދަލުވާ ބައެއް އަންހެނުންވެސް އަދި ފިރިހެނުންވެސް އެމީހުން ކައިވެނިނުކޮށް ތިބެނީ ކައިވެނިކުރަން އެމީހުން ބޭނުންވާ ސިފަތައް ހުރި މީހަކާއި ބައްދަލުނުވާތީ ކަމަށް ބުނެއެވެ. އެމީހުން ބޭނުންވާ ސިފަތަކަކީ ކޮބައިތޯ ސުވާލުކުރުމުން 1،2،3 މިހެން ގޮތް 7،8 ސިފަވެސް ކިޔައިފާނެއެވެ. 

އަހުރެންނަށް ބުނަންޖެހެނީ ތިއަ ހުރިހާ ސިފަތަކާއި އަދި އިތުރަށް ރަނގަޅު ސިފަތައް ހުރި މީހުންވެސް ބައިވަރެވެ. އެމީހުންނާއި ބައްދަލުނުވެގެން ތިއައުޅެނީ ތިބާގެ ކިބައިގައި ހުންނަން އެމީހުން ބޭނުންވާ ރަނގަޅު ސިފަތައް ތިބާގެ ކިބައިގައި ނެތުމުންނެވެ.

އަހުރެން ބުނާނީ ފުރަތަމަ ކަމަކަށް ރަނގަޅު ސިފަތައް ތިބާގެ ކިބައިގައި ހަރުލައްވާށެވެ! އާވާރާކޮށް ދިރިއުޅުން ހުއްޓައިލާށެވެ. ހަރުދަނާ ރަނގަޅު މީހެއްގެ ގޮތުގައި ދިރިއުޅެން ފަށާށެވެ. އެއިރުން ތިބާ އެދޭވަރަށްވުރެ މާރަނގަޅު މީހުން ތިބާ އާއި ގުޅެން ބޭނުންވެގެން ތިބާގެ ފަހަތުން އަންނާނެއެވެ. ރަނގަޅު މީހަކު ނުލިބިގެން އުޅޭކަށް ތިބާއަކަށް ނުޖެހޭނެއެވެ.

މާނައަކީ ތިބާއަށް އިތުބާރުކުރެވޭ މީހަކު ތިބާއަށް ލިބޭނީ ތިބާޢަކީ އެހެން މީހުންނަށް އިތުބާރުކުރެވޭ މީހަކަށްވެގެންނެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ތިބާޢަކީ އިތުބާރުހިފޭނެ މީހަކަށްވުމެވެ. އެކަން ޙާޞިލްކުރެވޭނީ ތިބާއަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިއަކަށް ވެވިގެންނެވެ. ފައިސާގިނަވުމަކުން ބޮޑެތި ގެދޮރާއި ދުއްވާނެ އަގުބޮޑު ކާރު އަތުގައި ހުރެގެނެއް ނޫނެވެ. ހަރުދަނާ އަޚްލާޤުގެ މަތީގައި ދިރިއުޅޭ މީހަކަށް ވެވިގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން