ގެފުޅާ ޙައްޖުގެ ވާހަކަ ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 6މ 15ސ
ގެފުޅާ ޙައްޖުގެ ވާހަކަ ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ގެފުޅު ބިނާކުރެއްވެވުމާއިމެދު ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ އިބްރާހީމްގެފާނު ބޭނުންފުޅުވެވަޑައިގެންނެވި ތަނެއްގައި ކުރައްވަވާފައިވާ ބިނާއެއް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 26 އަދި 27 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ ‎﴿٢٦﴾‏ وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ‎﴿٢٧﴾‏

މާނައީ: "إبراهيم ގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ! އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدة ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ! (26) އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. (27)"      

މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވެވުން:   

ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 40 އަދި 41 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ‎﴿٤٠﴾‏ الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ ‎﴿٤١﴾‏

މާނައީ: "އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (40) އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ. (41)"

 

މިއަދު އޮންލައިން