ދުނިޔޭގެ ދިރިއުޅުމާ އާޚިރަތުގެ ކާމިޔާބީވެސް ލިބެން އޮތީ ކާމިޔާބީ ބަލައި އަންނަން ﷲ ދެއްވަވާ ދަޢުވަތު ޤަބޫލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދުނިޔޭގެ ދިރިއުޅުމާ އާޚިރަތުގެ ކާމިޔާބީވެސް ލިބެން އޮތީ ކާމިޔާބީ ބަލައި އަންނަން ﷲ ދެއްވަވާ ދަޢުވަތު ޤަބޫލުކޮށްގެން!

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ކާމިޔާބީ މިންވަރުކުރައްވަވާ އަދި ކާމިޔާބީ ދެއްވެވޭނެ ހަމައެކަނި ފަރާތުން ކާމިޔާބީ ލިބިގަންނަން ނުވަތަ ބަލައި އަންނަން ގޮވާލެއްވެވުމުން އެކަން ޤަބޫލުނުކުރެވޭ ކަމެވެ. ކާމިޔާބީ ޙާޞިލްކުރެވޭނެ އެންމެ މޮޅު ގޮތް ތިމާއަށް އެނގޭކަމަށް ޤަބޫލުކުރެވުމެވެ.  

ކޮންމެ ނަމާދެއްގެ ވަޤުތު ޖެހުމުން މުދިމު ތާޅަފިލިން އެގޮވާލަނީ އޭނާ ބުނާބަހެއް ނޫނެވެ. ﷲ ތަޢާލާގެ ބަސްފުޅެވެ! "ނަމާދަށް އަންނާށެވެ!" ހަމައެކަނި ނަމާދަށް އައުމަށް ގޮވާލަނީއެއްވެސް ނޫނެވެ. އަންނަންވީ ސަބަބުވެސް އެބަ ބަޔާންކުރެއެވެ. "ކާމިޔާބީ ލިބިގަތުމަށް އަންނާށެވެ!"  

ދެން ވިސްނާށެވެ! ކާމިޔާބު ލިބިގަންނަން އައުމަށް ﷲ ތަޢާލާ ދަޢުވަތު ދެއްވެވުމުން ބަލައިނުގަނެ ނުވަތަ ޢިޖާބަނުދީ ކާމިޔާބުި ހޯދަން ކިތަންމެ ވަރަކަށް މަސައްކަތްކުރިއްޔާ ލިބޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ލިބޭނެ އެއްވެސް ޙަޤީޤީ ކާމިޔާބީއެއް ނެތެވެ.

ދެން އޮތީ އިމާމްގެ ގޮވާލުމަށް ޢިޖާބަދީ ނަމާދުކުރާ މީހުންނަށް ބުނަން އޮތް ބަހެވެ. ކާމިޔާބު ބޭނުންވާނަމަ ކުރާ ނަމާދުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރާށެވެ. އަދި އިތުރަށް ސަޖިދަކުރަން މަސައްކަތްކުރާށެވެ! މިބުނަނީ ސުންނަތް ނަމާދުތައް ކުރުމަށެވެ.  

ވީމާ ވަކިކަމެއްގެއެއް ނޫނެވެ. ބޭނުންވާ ކޮންމެ ކަމަކަށްވެސް ކާމިޔާބު ލިބެން އެދޭމީހާ ﷲ ތަޢާލާ އެދެއްވަވާ ދަޢުވަތު ޤަބޫލުކުރާށެވެ! ކާމިޔާބު މީހަކަށް ވެވޭނެ އެއަށްވުރެ ޔަޤީން އެއްވެސް މަގެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން