ޞާލިޙް ދަރިންގެ ސަބަބުން ކައްވަޅުގައި މައިންބަފައިންނަށް ލައްވަވާ ބައެއް ރަޙްމަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޞާލިޙް ދަރިންގެ ސަބަބުން ކައްވަޅުގައި މައިންބަފައިންނަށް ލައްވަވާ ބައެއް ރަޙްމަތް-

މަރުވާ ވަޤުތުން ފެށިގެން އެމީހަކަށް ކުރެވޭނެ އެއްވެސް ޢަމަލެއް ނުއޮންނާނެއެވެ. ކުރަން ކިތަންމެ ކިތަންމެ ބޭނުންވިޔަސް ހެޔޮ ޢަމަލެއްވެސް ނުކުރެވޭނެއެވެ. އެހެންވީމާ މަރުވާ ވަޤުތުން ފެށިގެން ޘަވާބު އިތުރުކުރަން އެމީހަކަށް އިތުރަށް ކުރެވޭނެ އެއްވެސް ޢަމަލެއް ނުއޮންނާނެއެވެ.  

ނަމަވެސް 3 ކަމަކުން އެމީހަކަށް ޘަވާބު އިތުރުވަމުންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއިގެ ތެރެއިން އެއްކަމަކީ އެމީޙެއްގެ ޞާލިޙް ދަރިން ކުރާ ހެޔޮދުޢާއެވެ. އެފަދަ ދަރިންގެ ހެޔޮދުޢާގެ ސަބަބުން ކައްވަޅު އަލިކޮށްދެއްވަވަތެވެ. ޢަޛާބު ލިބެންދާނަމަ ލުއިކޮށްވެސް ދެއްވަވަތެވެ. އަދި އެމީހެއްގެ ދަރަޖަވެސް މަތިވެރިކޮށްދެއްވަވަތެވެ. 

ކޮންމެ މީހަކީ ތަނަވަސް މީހަކަށް ނުވުމުން މިސްކިތް، މަދުރަސާ، ހޮސްޕިޓަލް ފަދަ ތަންތަން އެޅުންފަދަ ބޮޑެތި ޚަރަދުތައް ނުކުރެވިދާނެއެވެ. މީސްތަކުންނަށް ފެންލިބޭނެ ފެންވަޅެއްވެސް ނުބެހެއްޓިދާނެއެވެ.  އަދި ޢިލްމް ލިބިފައި ނެތުމުން ފައިދާކުރަނިވި ޢިލްމެއްވެސް ދޫނުކުރެވިދާނެއެވެ.

ނަމަވެސް ކޮންމެ މީހަކީވެސް އެމީހެއްގެ ދަރިންނަކީ ހެޔޮލަފާ ޞާލިޙް ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރެވިދާނެ މީހެކެވެ. ދަރިންނަށް ކިޔަވައިދޭން މަސައްކަތްކުރެވޭނެއެވެ. ނަމޫނާ ދައްކައި އަޅުކަންކުރަން ތަރުބިއްޔަތުކުރެވޭނެއެވެ. ރިވެތި އަޚްލާޤްވެސް ދަސްކޮށްދެވޭނެއެވެ.  

ވީމާ އަހުރެންގެ ނަޞީޙަތަކީ ކޮންމެ މުސްލިމަކުވެސް އެމީހަކަށް ލިބިފައިވާ ދަރިންނަކީ ހެޔޮލަފާ ޞާލިޙް ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރުމެވެ. އެކަމުން ލިބެން ހުރި ނީޢުމަތްތައް ބޮޑުވެފައި ގިނަކަމުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން