ދުނިޔޭގެ އެންމެ ތަނަވަސް ޢާއިލާތަކުން 5 އަހަރުގަ ދަރިންލައްވައި މަސައްކަތްކުރުވައި އުޖޫރަދީ ފައިސާގެ ބޭނުންކުރާނެ ގޮތް ދަސްކޮށްދޭން ފަށާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދުނިޔޭގެ އެންމެ ތަނަވަސް ޢާއިލާތަކުން 5 އަހަރުގަ ދަރިންލައްވައި މަސައްކަތްކުރުވައި އުޖޫރަދީ ފައިސާގެ ބޭނުންކުރާނެ ގޮތް ދަސްކޮށްދޭން ފަށާ!

މިދައްކަނީ ވަރަށް މުހިންމު ވާހަކައެކެވެ. ދުނިޔޭގެ އެންމެ ތަނަވަސް ޢާއިލާތަކުން 5 އަހަރުގަ ދަރިންލައްވައި މަސައްކަތްކުރުވައި އުޖޫރަދީ ފައިސާގެ ބޭނުންކުރާނެ ގޮތް ދަސްކޮށްދޭން ފަށާވާހަކައެވެ.  

ކުދިން ލައްވައި ކުރުވަނީ ވަރަށް ކުދިކުދި ކަންކަމެވެ. ގޮނޑިއެއް ފޮޅާލުން، ލާންގެންގުޅޭ ފޭރާމެއް ފަތްޖަހައިލުން ފަދަ ކަމެކެވެ. އެކަމުގެ އުޖޫރައަކަށް ކޮންމެ ހަފްތާއަކު 5 ރިޔާލަ ދީފާނެއެވެ. އެއިރުން މަސްނިމޭއިރު ކުއްޖާގެ އަތުގައި 20 ރިޔާލަ އޮންނާނެއެވެ.  

ދެން އެ 20 ރިޔާލަ ބަހައިލަނީ 3 ބައަކަށެވެ. 4 ރިޔާލަ ފަޤީރުންނަށް ޞަދަޤާތްކުރަނީއެވެ. 8 ރިޔާލައަށް އެކުއްޖަކު ބޭނުންވާ އެއްޗެއް ގަންނަނީއެވެ. އަނެއް 8 ރިޔާލަ ރައްކައުކުރަނީއެވެ. ރައްކާކުރާ ބައިގެ ތެރެއަށް ހަމައެޢަދަދަށް މައިންބަފައިން ފައިސާ ލައިދެއެވެ.  

ކުއްޖާ ބޮޑުވާވަރަކަށް ދޭއުޖޫރަ ބޮޑުވެސް ކުރެއެވެ. އެކަމަކު ބައިއަޅަނީ ހަމަމިބުނި ނިޞްބަތުންނެވެ.  

މިކަމުން ކުރާ ފައިދާއަކީ ބޮޑެތިވާއިރު ފަޤީރުންނަށް ޞަދަޤާތްކުރަން ދަސްވުމެވެ. ބޮޑުވެ އަމިއްލަ މަސައްކަތުން ހޯދާ ފައިށާއިން އަމިއްލަ ކަންކަން ކުރަން ދަސްވުމެވެ. އަދި ފަހަށް ރައްކާކުރަން ދަސްވުމެވެ.  

މިއީ އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނުނު ވާހަކަކޮޅެކެވެ. މިފަދަ އާދަތައް ދަރިންގެ ކިބައިގައި އަށަގެންނެވުމަކީ އެކަމުން ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް ކަމަސް ވިސްނޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން