ފުރަގަސްފަރާތުގެ ދޮރު ބޭނުންކުރުން ޙަރާމްވުން:
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ)(އަލްބަޤަރާ 223) މާނައީ: ” ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) “
މިއާޔަތުގެ މަފްހޫމަކީ ފިރިމީހާ އޭނާގެ އަނބިމީހާގެ ފުރަގަސްފަރާތުގެ ދޮރު ބޭނުންކުރުމަކީ ޙަރާމްކަމެއްކަމެވެ. އެހެނަސް ބައެއްފިރިހެނުން އެމީހުންގެ އަނބިންގެ ފުރަގަސްފަރާތް ބޭނުންކުރުމަށް މިއާޔަތް ދަލީލެއްކަމުގައި ނަގައެވެ. ގޮވާންކުރުމުގެ ބިމަށް ތިޔަބައިމީހުން ބޭނުންގޮތަކަށް އައިސްއުޅުމަށް އަންގަވާފައިވާ މިބަސްފުޅުގެ މުރާދައަކީ ކޮންމެ ފަރާތަކުން، ކުރިމަތިން ނުވަތަ ފަހަތުން އަނބިމީހާއާއި ކައިރިވީކަމުގައިވިޔަސް އަނބިމީހާގެ ކުރިމަތިފާރާތަށް ޖިމާޢުވުމުގެ ވާހަކައެވެ. ފަހަރެއްގައިވެސް ފުރަގަސްފަރާތް ބޭނުންކުރާ ވާހަކައެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުގެ މުރާދަ އޭގެ އަޞްލާއި ޚިލާފަށް ބޭނުންކުރާ މީހުންގެ މަޅިތަކުން ރައްކާތެރިވެތިބުމަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ. އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކުރުން ޙަރާމްކަމުގެ ދަލީލްތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ.
މާނައީ: ” އެކަމަނާ ވިދާޅުވިއެވެ. އަންޞާރުންގެ އަރިހަށް މުހާޖިރުން ހިޖުރަކުރައްވައި މަދީނާއަށް ވަޑައިގެންނެވި ހިނދު، އެބޭކަލުން އަންޞާރިއްޔަ ބޭކަނބަލުންނާއި ކައިވެނިކުރެއްވިއެވެ. އަދި މުހާޖިރުން އޭބޭކަލުންގެ އަނބިން ރުކޫޢުގައި އޮންނަގޮތަށް ގުދަށް ބާއްވައިގެން ނުވަތަ މޫނު ދަށަށް ވާގޮތަށް ބަނޑުޖަހާގޮތަށް ތިރިކޮށް ބާއްވައިގެން ޖިމާޢުވެއުޅެއެވެ. އެހެނެއްކަމަކު އަންޞާރުން މިގޮތަށް ޢަމަލުކުރާކަމުގައި ނުވެއެވެ. ފަހެ މުހާޖިރުންގެ ތެރެއިން ބޭކަލަކު އެކަލޭގެފާނުގެ އަނބިކަނަބަލުންނާއި އެކީ މިގޮތަށް ޖިމާޢުވުމަށް ޤަސްތުކުރިހިނދު، ރަސޫލާ صلى الله عليه و سلم އާއި ސުވާލުކޮށްފުމަށްދާންދެން އެކަނބުލޭގެ އެކަމަށް އިންކާރުކުރިއެވެ. އުއްމުސަލަމާ ވިދާޅުވިއެވެ: ފަހެ އެކަނބުލޭގެ ރަސޫލުﷲ صلى الله عليه و سلمގެ އަރިހަށް އައެވެ. ފަހެ އެކަނބުލޭގެ އެކަލޭގެފާނާއި ސުވާލުކުރުމަށް ލަދުވެތިވިއެވެ. ދެންފަހެ އުއްމުސަލަމާ رضي الله عنها އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. އެހިނދު މިއާޔަތް ބާވައިލެއްވުނެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ)(އަލްބަޤަރާ 223) މާނައީ: ” ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) “ އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކުރިމަތިފަރާތްކަމުގައި ވާހާހިނދު އިންކާރުނުކުރާށެވެ"
ޢަބްދުﷲ ބުން ޢައްބާސް رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. ((قَالَ : جَاءَ عُمَرُ إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ هَلَكْتُ ، قَالَ : وَمَا الَّذِي أَهْلَكَكَ ؟ قَالَ : حَوَّلْتُ رَحْلِي اللَّيْلَةَ ، فَلَمْ يَرُدَّ عَلَيْهِ بِشَيْءٍ ، قَالَ : فَأَوْحى الله إلَى رَسُولِه –صلى الله عليه و سلم- هَذِهِ الْآيَةَ : { نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ } أَقْبِلْ وَأَدْبِرْ ، وَاتَّقُوا الدُّبُرَ وَالْحَيْضَةَ )) رَوَاهُ النسائي وَالتِّرْمِذِيُّ
މާނައީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. ޢުމަރު ބްނު އަލްޚައްޠާބު ރަޟިޔަﷲ ޢަންހު ރަސޫލާ صلى الله عليه و سلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަން މިހުރީ ހަލާކުވެފައެވެ. ޙަދީޘްކުރެއްވިއެވެ. އަދި ކަލޭގެފާނު ހަލާކުކުރުވީ ކޮންއެއްޗެއްތޯއެވެ؟ ޢުމަރު رضي الله عنه ދެންނެވިއެވެ. މިރޭ އަޅުގަނޑުގެ ސަވާރީގެ ސާމާނު ބަދަލުކޮށްލައްވައިފީމެވެ. (އެބަހީ: ޖިމާޢުވެ އުޅޭގޮތް ބަދަލުކޮށްލައްވައިފީމެވެ. ކުރިމަތިން ދިމާކުރެއްވުމުގެ ބަދަލުގައި ފުރަގަހުން ގެންގޮސް ކުރިމަތިފަރާތަށް ޖިމާޢު ވެވިއްޖެއެވެ). ދެން ރަސޫލާ صلى الله عليه و سلم ޖަވާބުގައި އެއްޗެއް ވިދާޅުނުވެ ހުންނަވައިފިއެވެ. އެއަށްފަހު ރަސޫލާ صلى الله عليه و سلم އަށް މި އާޔަތް ވަޙީކުރެއްވުނެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ)(އަލްބަޤަރާ 223) މާނައީ: ” ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) “ އެކަލޭގެފާނު ވިދާޅުވިއެވެ. ކުރިމަތިންނާއި ފަހަތުން (ޖިމާޢުވާން) ދިމާކުރައްވާށެވެ. ނަމަވެސް ފުރަގަސްފަރާތަށާއި ޙައިޟުގެ ދުވަސްވަރާއި (މި ދެކަމުން) ދުރުވެ ވަޑައިގަންނަވާށެވެ.)
ޚުޒައިމާ ބިން ޘާބިތު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ((أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ إِتْيَانِ النِّسَاءَ فِيْ أَدْبَارِهِنَّ , أَوْ إِتْيَانِ الرَّجُلُ اِمْرَأَتَهُ فِيْ دُبُرِهَا؟ ، فَقَالَ النَّبِيُ صَلَّى اللهُ عَلَيْهِ وَسَلَّمَ : « حَلَالٌ » ، فَلَمَّا وَلَّى الرَّجُل دَعَاهُ أَوْ أَمَرَ بِهِ فَدُعِيَ فَقَالَ : كَيْفَ قُلْتَ فِيْ أَيِّ الخُرْبَتَيْنِ ، أَوْ فِيْ أَيِّ الخُرْزَتَيْنِ ، أَوْ فِيْ أَيِّ الخُصْفَتَيْنِ ؟ ، أَ مِنْ دُبٌرِهَا فِيْ قُبُلِهَا؟ فَنَعَمْ ، أَمْ مِنْ دُبُرِهَا فِيْ دُبُرِهَا؟ فَلَا، إِنَّ اللهَ لَا يَسْتَحْيِيْ مِنَ الحَقِّ ، لَا تَأْتُوا النِّسَاءَ فِيْ أَدْبَارِهِنَّ )) މާނައީ: ” އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކުރުމާއި ބެހޭގޮތުން ނުވަތަ ފިރިހެނާ އޭނާގެ އަނބިމީހާގެ ފުރަގަސްފަރާތަށް ޖިމާޢުވުމާއި ބެހޭގޮތުން ހަމަކަށަވަރުން މީހަކު ރަސޫލާ صلى الله عليه و سلمގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ޙަލާލެވެ. ދެން އޭނާ ދާން އެނބުރިލި ހިނދު އެކަލޭގެފާނު އޭނާއަށް ގޮވާލެއްވިއެވެ. ނުވަތަ އޭނާ ގެނައުމަށް އަމުރުކުރައްވައި ގޮވާލައްވައި ހަދީޘްކުރެއްވިއެވެ. ތިޔަބުނުއްވީ ކީކޭހެއްޔެވެ؟ ޢައުރައިގެ ކޮންގުނަވަނަކަށް ހެއްޔެވެ؟ ނުވަތަ ކޮން ލޯވަޅަކަށް ހެއްޔެވެ؟ ނުވަތަ ކޮން ބާގަނޑަކަށްހެއްޔެވެ؟ އެއަންހެނާގެ ފަހަތުން ކުރިމަތިފަރާތުދޮރަށް ހެއްޔެވެ؟ އެހެންވެއްޖެނަމަ އާނއެކެވެ. ނަމަވެސް އޭނާގެ ފުރަގަހުން ގެންގޮސް ފުރަގަސްފަރާތުގެ ދޮރަށް ޖިމާޢުވުން ދަންނައެވެ! ފަހެ ނޫނެކެވެ! ފަހެ ޙައްޤު ފާޅުކުރެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލަ ލަދުވެތިވެވޮޑިގެންނުވެއެވެ. ތިޔަބައިމީހުން އަންހެނުންގެ ފުރަގަސްފަރާތުގެ ދޮރަށް ޖިމާޢުވުނުވާށެވެ".
- ނުނިމޭ -
- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން
- ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- (5)