އެއީ ވަޒީފާއަދާކުރާ ދެމަފިރިންނެވެ. ޢާންމުގޮތެއްގައި އަނބިމީހާއަށް ކުރިން ގެއަށް އައުދެވެއެވެ. ފިރިމީހާ އަންނަންވާއިރަށް ކައްކައިހަދައެވެ.
އެއްދުވަހު އޮފީހުން އައިސް ކޮޓަރިއަކުން ނުނުކުމެއެވެ. އެހެންވެ ރޭގަނޑު ކާންވީއިރުވެސް ހުރީ ނުކެއްކިއެވެ. އެހެންވެ ފިރިމީހާގެ މަންމަ ޢާއި ބައްޕަ އެވާހަކަ ދައްކަން ތިއްބައި ފިރިމީހާ (ދަރިފުޅު) ގެއަށް އައުމުން އެވާހަކަ ބުނާއިރަށް އޭނާ ބުނީ އޯޑަރުކޮށްގެން ގެންނާނީ ކަމަށެވެ. ނަމަވެސް ބައްޕަ ބުނީ އެއީ ޙައްލެއް ނޫން ކަމަށާއި އަހުރެމެން ކައްކާނީ ކަމަށެވެ. "އެދަރިފުޅު ނެތްއިރުވެސް އަހުރެމެން ކެއީ އަމިއްލައަށް ކައްކައިގެން" ކަމަށެވެ.
ފިރިމީހާ ކޮޓަރިއަށް ގޮސް ބެލިއިރު އަނބިމީހާ އޮތީ ވަރުބަލިވެ ބޮލުގަ ރިއްސާތީއެވެ. ފިރިމީހާ ބުނީ ކަންބޮޑުނުވެ އަރާމުކުރުމަށެވެ.
އިރުކޮޅެއް ފަހުން މަންމައާއި ބައްޕަ އަދި ފިރިމީހާ
ކާއެއްޗެތި ގެނެސްދީފައި ބުންޏެވެ. "އަހުރެމެންގެ އަމިއްލަ ދަރިފުޅުވެސް ވަރުބަލިވެއެވެ. ބަލިވެސްވެއެވެ. އަހުރެމެންވެސް ބަލިވެއެވެ. އެންމެންވެސް ބަލިވާނެއެވެ. ކައިގެން އަރާމުކުރާށެވެ!"
މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނުނު ވާހަކަކޮޅެކެވެ. އަޅުގަނޑު ހިތަށް އަރަނީ ޅީދަރިންނާއިމެދު އެންމެންވެސް މިގޮތަށް ވިސްނާނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ ހަމަޤައިމުވެސް ލޯތްބާއި ކުލުނުވެރިކަން އިތުރުވެ އުފަލުގައި ދިރިއުޅެވޭނެއެވެ. އެކަމަކު ގިނައިން މިފެންނަނީ މިޙާދިސާގެ ދިމާއިދިކޮޅެވެ.
- ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް