ކިތަންމެ ބޮޑަށް ލޯބިޔަސް ދަރިންގެ ކައިވެނިކުރަންވެސް ސިޙުރު، ފަންޑިތަ ހެދުން ވާނީ ހަމަ ސިޙުރުހެދިކަމަށް! ބޮޑުފާފަ ބޮލުގަ އަޅަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ކިތަންމެ ބޮޑަށް ލޯބިޔަސް ދަރިންގެ ކައިވެނިކުރަންވެސް ސިޙުރު، ފަންޑިތަ ހެދުން ވާނީ ހަމަ ސިޙުރުހެދިކަމަށް! ބޮޑުފާފަ ބޮލުގަ އަޅަންޖެހޭނެ!

މައިންބަފައިންނަށް އެންމެ ބޮޑަށް އަސަރުކުރާއެއްކަމަކީ އެމީހުންގެ ދަރިންގެ ކައިވެނި ރޫޅިގެންދިއުމެވެ. ޚާއްޞްކޮށް އެދެމަފިރިންނަށް ދަރިން ލިބިފައިވާނަމަ ވަކިންބޮޑަށް ދެރަވާނެއވެ. އެޙާލަތުގައި ދަރިފުޅުގެ ކައިވެނި ސަލާމަތްކުރުމުގެ ބޭނުމުގައި ސިހުރު، ފަންޑިތައް ހަދުވައެވެ. އެމީހުން އެކަން ކުރަނީ ދަރިންނަށް ހެޔޮއެދިގެންނެވެ.  

މިކަމުގެ ޙުކުމާއި ބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ދަރިންނަށް ހެޔޮއެދިގެންވެސް ކުރަން ހުއްދަވާނީ ދީނުގައި ހުއްދަ ކަންކަމެވެ. ސުވާލުގެ ޖަވާބު ތިރީގަވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ދެމަފިރިން ގުޅުވުމަށްޓަކައި ސިޙުރުހެދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ 

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

މިއީ ޙަރާމްވެގެންވާކަމެކެވެ. އަދި [މިފަދައިން ކަންކުރުމަށް]ހުއްދަވެގެން ނުވެއެވެ. މިއަށް ކިޔަނީ عَطْف އެވެ. [ދިވެހިބަހުންނަމަ: އިސްތިރިއެވެ.]

އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާ އެއްޗަށް ކިޔަނީ صَرْف އެވެ.  [ދިވެހިބަހުންނަމަ: ވަރިތޮޅިއެވެ.] އެއީވެސް ޙަރާމްކަމެކެވެ.  އަދި ކުފުރަކަށާއި އަދި ޝިރުކަކަށް އެކަންވެދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿…وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ… ﴾ [ سورة البقرة ١٠٢] 

މާނައީ: "… ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. الله ގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީޙުންނަށް ގެއްލުންދޭ، އަދި އެބައިމީޙުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ބަލާގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ…"  

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ١٥٣/ طبعة: دار الثريا للنشر 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން