ނަމާދުކުރަން ގޮނޑިއެއްގަ އިންނަން ޖެހުމުން ނޫނީ ސަޖިދަ ނުކުރެވޭ ޙާލަތެއް ކުރިމަތިވެގެން ހިތާމަކުރަންޖެހުމުގެ ކުރިން ވިސްނައިލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނަމާދުކުރަން ގޮނޑިއެއްގަ އިންނަން ޖެހުމުން ނޫނީ ސަޖިދަ ނުކުރެވޭ ޙާލަތެއް ކުރިމަތިވެގެން ހިތާމަކުރަންޖެހުމުގެ ކުރިން ވިސްނައިލަމާ!

މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ. ފުރިހަމަ ޞިއްހަތެއްގައި ތިބެވޭއިރު ގިނަ ބައަކަށް ނަމާދުކުރަން ފަރުވާކުޑަކުރެވޭތީއެވެ. ގޮނޑިއެއްގަ އިނދެގެން ނުވަތަ ސަޖިދަ ނުކުރެވޭ ޙާލަތެއް ކުރިމަތިވުމުން ދެރަވެ ހިތާމަކުރާ މީހުންވެސް ގިނަވާތީއެވެ.

ބައެއް މީހުންނަށް ޞިއްޙީ އެކި މައްސަލަތައް ކުރިމަތިވުމުން، އަދި އެކްސިޑެންޓެވެ ލިބޭ ގެއްލުމަކާއި ގުޅިގެންވެސް ނުހަނު ޒުވާން ޢުމުރުގައިވެސް ގޮނޑީގައި އިށީނދެ އިނދެގެން ނަމާދުކުރަން ޖެހެއެވެ. އަދި ތަޅުމުގައި ސަޖިދަކުރަން ބޯ ޖައްސައި ނުލެވޭ ޙާލަތުގައިވެސް ނަމާދުކުރަން އެބަޖެހެއެވެ.  

އެފަދަ ޙާލަތެއް ކުރިމަތިވުމުން ކޮންމެ މީހަކުވެސް ދެރަވެ ހިތާމަވެސް ކުރެއެވެ. މިފަދަ ޙާލަތު ކުރިމަތިވާ ޒުވާނުންގެ ތެރެއިން ބައެއް ކުދިންނަކީ ކުރިން ނަމާދުކުރަން އެހައި ބޮޑު ސަމާލެއް ދެވިފައިވާ ކުދިންނެއްވެސް ނޫނެވެ. އެފަދަ ކުދިން އަދި މާބޮޑަށް ދެރަވެއެވެ.  

ވީމާ ވިސްނުންތެރިކަމާއިއެކު ސަމާލުކަންދީގެން ތިރީގައިވާ ލިޔުން ކިޔައިލުމަށް ނަޞޭޙަތްތެރިވަމެވެ.

ތިބާގެ ކިބައިގައި އެއްވެސް ނުކުޅެދުންތެރިކަމެއް ނުލައްވަވައި ﷲ ތަޢާލާ ތިބާއަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުމުން ނަމާދުނުކޮށް ތިބޭ މީހުން ސިކުނޑިހުޅުވާލައިގެން ނިކަން މިޚަބަރުގައިވާ ވީޑިއޯ ބަލައިލަބަލާށެވެ. ނުކުޅެދުންތެރިކަން އިންތިހާއަށްހުރި ޙާލުގައިވެސް އެ ކުއްޖާ ނަމާދުކުރަން އެކުރާ މަސައްކަތް ނިކަން ލޮލުން ބަލައިލަބަލާށެވެ!  

އަދިވެސް ކީއްހެއްޔެވެ؟ ގުދުނުވެވޭތީ ރުކޫޢު ނުކުރެވޭ މީހުންނާއި ސަޖިދަ ނުކުރެވޭ ޙާލުގައި ނަމާދުކުރާ މީހުން ހުރިހާ ވަޤުތުތަކެއްގައި މިސްކިތްތަކުން ފެންނަމުންދާއިރު ޢިބްރަތް ޙާޞިލްކުރެވޭ ހެއްޔެވެ؟ އެފަދަ ޙާލަތެއް ތިބާއަށް ކުރިމަތިވާނީ ކޮންދުވަހަކު ކޮން ވަގުތެއްގައިކަން އެނގެނީހެއްޔެވެ؟  

ދުޢާއަކީ އެފަދަ ޙާލަތެއް މެދުވެރިނުވުމެވެ. ނަމަވެސް އަބަދުވެސް ހުންނަންވީ އެކަމަށް ތައްޔާރުވެގެންނެވެ. ރުކޫޢު ނުކުރެވި، ސަޖިދަނުކުރެވުމުން ލިބޭ ހިތްދަތިކަން އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ.  

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=588148358905318

 

 

މިއަދު އޮންލައިން