ކުޑަކުޑަ ހިތްވަރެއް ލައިފިނަމަ ދީނުގެ ހުރިހާ ޢިލްމެއް އުނގެނެންވެސް މިހާރަށްވުރެ ފަސޭހަ ދުވަސްވަރެއް ދުނިޔޭގެ ތާރީޚުންވެސް ފެންނާކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުޑަކުޑަ ހިތްވަރެއް ލައިފިނަމަ ދީނުގެ ހުރިހާ ޢިލްމެއް އުނގެނެންވެސް މިހާރަށްވުރެ ފަސޭހަ ދުވަސްވަރެއް ދުނިޔޭގެ ތާރީޚުންވެސް ފެންނާކަށް ނެތް!

"ދީނުގެ ޢލްމްތައް އުނގެނެން ބޭނުންވެއެވެ.

ޤުރްއާނުގެ މާނައާ ތަފްސީރުގެ އިތުރުން ޙަދީޘްފުޅުތައްވެސް ދަސްކުރަން ބޭނުންވެއެވެ. މައްސަލައަކީ ކިޔަވަން ތަނަކަށް ދިއުމަށް ވަޤުތު ހުސްކުރެވެން ނެތްކަން" ކަމަށް ބުނެ ނިންމައިލެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. ސަބަބަކީ އަތުގައި އޮންނަ ފޯނަކީ މިއަދު ޔުނިވަރސިޓީއެއް ކަމެވެ.

ޢަމަލުކުރަންވީ ގޮތް:  

މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާ z ގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވެއެވެ. އެހެނީ، މިއަދު އަހަރެމެންގެ ޖީބުގައިވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވެއެވެ. މި ފަސޭހަޔާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް، ނުހަނު ފަސޭހައިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.  

ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމެވެ. އަދި ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތެވެ. އެހެންކަމުން ޤުރްއާން ކިޔެވުމާއި ޙަދީޘް ކިޔުން އެމީހެއްގެ ކިބައިގައި އާދައެއްގެ ގޮތުގައި އަށަގަންނުވަން ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓް ޤުރްއާން ކިޔަވަން އަދި ފަސް މިނިޓް ޙަދީޘް ކިޔަން ހޭދަ ކުރެވިދާނެއެވެ. އެގޮތުގައި މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައި ވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިކަމަށް އާދަވުމާއެކު ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަޑުމަޑުން އިތުރު ކުރަމުން ދެވިދާނެއެވެ.  

- ހުކުރު ޚުޠުބާއަކުން

 

މިއަދު އޮންލައިން