ރޯދަ ވީއްލަން މިނިޓަކަށް ގާތްވެފަ ހުއްޓާ ޙައިޟްވިޔަސް ދެރަނުވާށެވެ! 2 ޘަވާބު ހޯދެން އެބައޮތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރޯދަ ވީއްލަން މިނިޓަކަށް ގާތްވެފަ ހުއްޓާ ޙައިޟްވިޔަސް ދެރަނުވާށެވެ! 2 ޘަވާބު ހޯދެން އެބައޮތެވެ!: މުފްތީ މެންކް

ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެއެވެ. އެހެންވެ ފާހަގަކޮށްލަން މިއުޅެނީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެކަން ދިމާވުމުން އަންހެނުން ވަރަށް ދެރަވެ ހިތާމަކުރާ ކަމެކެވެ.  

މުޅި ދުވަހު ރޯދައަށް ހުރިފަހުން އިރުއޮއްސެން ދާދިގާތްވެފައި ހުއްޓައިވެސް ޙައިޟްވެދާނެއެވެ. ދެރަނުވާށެވެ! ތިބާ ރޯދައަށް ހުރީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވާށެވެ. ރޯދަ އެގޮތަށް ދިމާވެއްޖެނަމަ ﷲ ތަޢާލާގެ އަމުރުފުޅަށް ރޯދައަށް ހުރިފަދައިން ﷲ ތަޢާލާގެ އަމުރުފުޅަށް ރރޯދަދޫކޮށްލައި ކައިބޮއިހަދާށެވެ. އިރުއޮއްސެންދެން މަޑުކުރުމެއްވެސް ނެތެވެ.  

ތިބާ އެދުވަހު ރޯދައަށް ހުރިހުރުމަށް ޘަވާބު ދެއްވަވާނެތެވެ. އަދި ފަހުން ރޯދަ ޤަޟާކުރުމުން އެކަމަށްވެސް ޘަވާބުދެއްވަވާނެތެވެ. ވީމާ ދެރަވެ ކަންބޮޑުވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.  

ދެން އޮތީ ރޯދަ ނުހިފޭ ދުވަސްތަކެވެ. އެދުވަސްތަކުގައިވެސް ޛިކުރުކޮށް ހެޔޮޢަމަލުތައް ކުރަމުން ގެންދާށެވެ. ބާކިވެ ޛިކުރުކުރުމާއި ވަކިވެ ނުގަންނާށެވެ. ތިބާކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން