ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާ އުފާވެރިކަމުގެ ބައެއް ވާހަކަތައް ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 9މ 30ސ
ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާ އުފާވެރިކަމުގެ ބައެއް ވާހަކަތައް ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ      

އާޚިރަތް ދުވަހާ ގުޅޭގޮތުން: ﷲ ތަޢާލާ ނަބައަ ސޫރަތުގެ 17 ވަަނަ އާޔަތުން 19 ވަަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ‎﴿١٧﴾‏ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ‎﴿١٨﴾‏ وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ‎﴿١٩﴾‏

މާނައީ: "ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. (17) ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. (18) އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. (19)"      

ޤިޔާމަތް ދުވަހުން ކާފިރުންނަށް ލިބޭ ޖަޒާ: ﷲ ތަޢާލާ ނަބައަ ސޫރަތުގެ 20 ވަަނަ އާޔަތުން 30 ވަަނަ އާޔަތައް ވަހީ ކުރައްވާފައިވެއެވެ. 

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ‎﴿٢٠﴾‏ إِنَّ جَهَنَّمَ كَانَتْ مِرْصَادًا ‎﴿٢١﴾‏ لِّلطَّاغِينَ مَآبًا ‎﴿٢٢﴾‏ لَّابِثِينَ فِيهَا أَحْقَابًا ‎﴿٢٣﴾‏ لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا ‎﴿٢٤﴾‏ إِلَّا حَمِيمًا وَغَسَّاقًا ‎﴿٢٥﴾‏ جَزَاءً وِفَاقًا ‎﴿٢٦﴾‏ إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا ‎﴿٢٧﴾‏ وَكَذَّبُوا بِآيَاتِنَا كِذَّابًا ‎﴿٢٨﴾‏ وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا ‎﴿٢٩﴾‏ فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ‎﴿٣٠﴾‏

މާނައީ:  "އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. (20) ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. (21) كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. (22) އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ. (23) އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. (24) ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. (25) (އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. (26) ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. (27) ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ. (28) އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ. (29) ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ. (30)"     

ޤިޔާމަތް ދުވަހުން މުއުމިނުންގެ ޖަޒާ: ﷲ ތަޢާލާ ނަބައަ ސޫރަތުގެ 31 ވަނަ އާޔަތުން 40 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ لِلْمُتَّقِينَ مَفَازًا ‎﴿٣١﴾‏ حَدَائِقَ وَأَعْنَابًا ‎﴿٣٢﴾‏ وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾‏ وَكَأْسًا دِهَاقًا ‎﴿٣٤﴾‏ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ‎﴿٣٥﴾‏ جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا ‎﴿٣٦﴾‏ رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا ‎﴿٣٧﴾‏ يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا ‎﴿٣٨﴾‏ ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا ‎﴿٣٩﴾‏ إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا ‎﴿٤٠﴾ 

މާނައީ: "ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ. (31) ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ. (32) އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ. (33) އަދި ފުރިފައިވާ ރާތަށިތަކެވެ. (34) باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. (35) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ. (36) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ. (37) جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ. (38) އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ! (39) ހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ (40)"

 

މިއަދު އޮންލައިން