މިސްކިތުން ބަންގިގޮވާއަޑު ތިމާއަށް ނުއިވުނު ކަމުގައިވިޔަސް ނަމާދުވަޤުތުޖެހުމުން އެކަން ނުއެނގޭނެ މީހަކު މިހާރަކު ނުހުންނާނެއެވެ. ނަމާދު ވަޤުތު އެނގިފައި އަތުގައި އޮންނަ ފޯނުން ގަޑި އެނގޭނެތީއެވެ. އެހެންކަމާއެކުވެސް ނަމާދަށް ސަމާލުކަން ނުދެވޭ މީހުން މިލިޔުން ކިޔައިލުން ވަރަށް މުހިންމެވެ.
މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ފިރުއަޢުނުގެ މަސްގަނޑު ވަޅުނުލެވި ބިންމަތީގައި ލަހައްޓަވާފައިވީނަމަވެސް ފިރުއަޢުނަށާއި އޭނާގެ މީހުންނަށް މިހާރުވެސްދަނީ ނަރަކައިގެ ޢަޛާބު ލިބެމުންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
"ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން ﷲ އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި ޢަޛާބު، ފިރްޢައުނުގެ މީހުން ވަށައިލިއެވެ.."
"އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެވަގުތު އަންނަދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރްޢައުނުގެމީހުން އެންމެގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!"
(އަލްޣާފިރު: 45. 46)
ދެން ބަލައިލަންވީ ޤާރޫނަށެވެ. އޭނާއަކީ ﷲ ތަޢާލާ އިންތިހާއަށް ތަނަވަސްކަން ދެއްވެވި މީހެކެވެ. އޭނާއަށް ދެއްވެވިވަރުގެ ތަނަވަސްކަމެއް އެހެން އެއްވެސް މީހަކަށް މިހައިތަނަށްވެސް ދެއްވެވިކަން އަހުރެންނަށް އެނގިފައެއް ނެތެވެ. މިއަދު ދުނިޔޭގައި ތިބި އެންމެ މުއްސަނދިމީހުންގެ ތަނަވަސްކަންވެސް އަހުރެން ބުނާނީ އޭނާއަށް ދެއްވެވި ތަނަވަސްކަމަސްވުރެ މާކުޑަ ކަމަށެވެ. އޭނާއަށް ދުނިޔޭގައި ހުއްޓައި ޖެއްސެވި ޙާލު ނިކަން ދެކިބަލާށެވެ!
As transmitted by Imam Bukhari, Allah’s Prophet (SAW) said:
“While a man was walking, clad in a two-piece garment and proud of himself with his hair well-combed, suddenly Allah made him sink into the earth and he will go on sinking into it till the Day of Resurrection.”
What a horrible death to have suffered. In the blink of an eye, Qarun and all his fortunes were swallowed by the earth, never to be seen again. Until today, people dream about excavating Qarun’s lost treasures, but they are all deep in the belly of the earth.
The ones who, the previous day had wished to be in his position realized, the error of their desires.
ފިރުއަޢުނު ޣަރަޤުކުރެއްވެވީ ކަނޑަށެވެ. ޤާރޫނު ބިމުގެ ތެރެއަށް ގަންބަވައިގަތީއެވެ. އަދި ޤިޔާމަތަށް ދާންދެން އެޙާލުގައި ހުންނަން ވަނީ ލައްވަވާފައިކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީއިރު މިދެމީހުންނާއިއެކު މަޙްޝަރުކުރައްވަވައިފި މީހެއްގެ ޙާލަކީ ކޮބައިކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ)
މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާއަށް ޤިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއް ނުވެއެވެ. އެފަދަ މީހުން ޤިޔާމަތް ދުވަހުން ވާހުށީ ޤާރޫނާއި ފިރުއައުނު، ހާމާން އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".
--ޝައިޚް މުޙައްމަދު ލަޠީފް
ނަމާދަށް ރައްކާތެރިވުމަކީ ފަރުޟު 5 ނަމާދު އެނަމާދެއްގެ ވަގުތުގައި ކުރަމުން ގެންދިއުމެވެ. ވަގުތު ވަދެ، ފާއިތުވެގެންދިއައިރުވެސް ނިދާފައި އޮވެވުމާއި ހަނދާން ނެތުމުން ނޫނީ ނަމާދު ނުއެޅުމެވެ. ފުރިހަމަ ގޮތަކީ ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމެވެ.
އަނަހެނުންނަށް މިސްކިތަށް ދިއުމެއް ނެތެވެ، އެކަނބަލުންނަށް އޮތީ ވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އެންމެ ފުރިހަމަގޮތަކީ ވަގުތު ޖެހެންވާއިރު ނަމާދަށް ތައްޔާރުވެގެންހުރުމެވެ.
ނަމާދަށް ފުރަގަސްދީ ނަމާދުނުކުރާ މީހުން ނިކަން ބުނެބަލާށެވެ! ފިރުއަޢުނާ ޤާރޫނަށް ދެއްވަވާނެ ގަދަފަދަ ޢަޛާބު އެނގޭއިރު އެމީހުނާއެކު މަޙްޝަރުކުރައްވަވައިފާނެކަމަށް ބިރުނުގަންނަނީ ކީއްވެ؟