ކޮންމެ މީހަކުވެސް އެންމެ ގިނައިން ހަނދާންކުރަން އޮތް މެސެޖް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކޮންމެ މީހަކުވެސް އެންމެ ގިނައިން ހަނދާންކުރަން އޮތް މެސެޖް!

ކޮންމެ މީހަކުވެސް އެމީހަކަށް އެންމެ މުހިންމުވާ ކަންކަން ހަނދާންކުރަން ބޮޑަށް މަސައްކަތްކުރާނެއެވެ. މައްސަލައަކަށްމިވަނީ އެންމެ މުހިންމު ކަމަކަށް ހަދަންޖެހޭ ކަންތައް އޮޅުވައިލާ ކަމެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް އެންމެ މުހިންމު މެސެޖް ޕޭޖުގެ އެންމެ މަތީގައި ޕިންކުރެއެވެ. އެއީ ގިނަގިނައިން އެކަން ހަނދާންކުރުމަށެވެ. އަހުރެން ދެކޭ ގޮތުގައި އާޚިރަތް ބާއްޖަވެރިވެ ސުވަރުގެލިބުން އެދޭ މީހާ ހަޔާތުގައި އެންމެ އިސްކަމަކަށް މަރަށް ތައްޔާރުވުން ހަދަންޖެހޭނެއެވެ. އެހެން ހުރިހާ ކަމެއް ލިސްޓްކުރަންޖެހޭނީ އެއިގެ ފަހަތުންނެވެ. އެ ޕިން ނައްޓައިނުލާށެވެ! އެހެނީ އެއަށްވުރެ މުހިންމު އެއްވެސް ކުރިމަތިނުވާނެތީއެވެ! 

މިބުނާވާހަކަ ތަކުރާރުކޮށްލާނަމެވެ. ޕޭޖްގެ އެންމެ މަތީގައި ޕިންކޮށްފައި ބައިންދަންޖެހޭނީ މަރަށް ތައްޔާރުމުގެ ވާހަކައެވެ. އަދި އެމީހަކު އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭނެ މަސައްކަތަކީ މަރަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތެވެ. ޕޭޖް މިތަނުގައި މާނަ މިކުރަނީ ހަމައެކަނި ސޯޝަލްމީޑިއާގެ ޕޭޖަކަށް ނޫނެވެ. މުޅި ދިރިއުޅުމަށެވެ.  

ތިބާގެ އެންމެ ގާތް މީހުން ކުއްލި ގޮތަކަށް މަރުވެގެން ކިތައް ފަހަރު ޚަބަރުލިބިއްޖެ ހައްޔެވެ؟ މާދަން ނުވަތަ ކޮންމެ ވަގުތަކުވެސް ތިބާގެ އެކުވެރިން މެސެޖުކުރަން ފަށާނީ ތިބާ މަރުވެގެން ނޫންކަން އެނގެނީވެސް ކިހިނަކުން ހެއްޔެވެ؟ އެދުވަހު މަރުވި މީހުންގެ ލިސްޓުގައި ތިބާގެ ނަން ލިޔެވޭނީ ކޮން ދުވަހަކުކަން އެނގެނީ ހެއްޔެވެ؟  

މަރަށް ތައްޔާރުވާން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޢާއިލާގެ އެންމެންނާއި ހުރިހާ އެކުވެރިން ދޫކޮށް ތިމާ އެކަނި ކައްވަޅަށް ދާންޖެހޭނެ ވަގުތަށެވެ! އެއްކޮށްފައި ހުރިހާ މުދައުތަކާއި ފައިސާތައްވެސް ތިބާގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި ދާންޖެހޭނެ ވަގުތަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިކަމަށް ސަމާލުކަމެއް ނުދެވެއެވެ. މަރަށް ވާންޖެހޭ ތައްޔާރީތަކެއް ނުވެވެއެވެ. ގިނަ އަދަދެއްގެ މީހުންނާއި މަރުގެ ބައްދަލު ކުރައްވަވަނީ ތައްޔާރު ނުވެ ހެއްޓައެވެ.

މަރުގެ މަލާއިކަތާ ލޮލަށް ފެނުމަށްފަހު އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކޭނެއިރު ޝަހާދަތް ކިޔައިލުމުގެ ފުރުޞަތުވެސް ލިބޭނީ ހަމައެކަނި މަރަށް ތައްޔާރުވެގެން ހުންނަ މީހަކަށެވެ. ޝަހާދަތަށް ޢަމަލުކުރި މީހަކަށެވެ. ޝަހާދަތަށް ޢަމަލުކުރުމަކީ ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން