އެއީ ކުޑަކަމެއްކަމަށް ދެކެގެން އެންމެ ސުންނަތަކަށްވެސް ޢަމަލުނުކޮށް ތިބެން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އެއީ ކުޑަކަމެއްކަމަށް ދެކެގެން އެންމެ ސުންނަތަކަށްވެސް ޢަމަލުނުކޮށް ތިބެން ހެޔޮނުވާނެ!

ސުންނަތުގެ މާނައަކީ ކުރުގޮތަކަށް ބުނާނަމަ އެއީ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަންކަމުގައި ޢަމަލުފުޅުކުރެއްވެވި ގޮތެވެ. އަހުރެންނަށް އުޅެން ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމެއްގައިވެސް ރަސޫލާ މުޙައްމަދު صلى الله عليه وسلم ނަމޫނާއަކަށް ބަލައިގެންނެވެ. 

ވީމާ މިވެނިކަމަކީ ސުންނަތެކޭ ބުނެ ކިތަންމެ ކުޑަ ސުންނަތެއްވިޔަސް ދޫކޮށްނުލާށެވެ! " އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ." އޮތް ވަޙީ ބަސްފުޅަށް ވިސްނާށެވެ. އަހުރެމެން މަސައްކަތް މިކުރަނީ " ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާ މީހަކު" ކަމުގައިވުމަށެވެ. ދިންނަވަން އޮތް މަގަކީ އެއީއެވެ.

ﷲ ސުބުޙާނަހޫ  ވަތަޢާލާ  ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾ 

މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާ (މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ." 

އަދިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾

މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." 

މިއާޔަތުން އެނގިގެންދަނީ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަޚްލާޤަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީ އަޚްލާޤްކަމެވެ. ވީމާ މުޙައްމަދު صلى الله عليه وسلم ގެ އަޚްލާޤީ ސިފަފުޅުތައް އަހުރެމެންގެ ކިބައިގައި ހަރުލައްވައި ޢަމަލުކުރަން އެބަޖެހެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން