އަހުރެންގެ ޢުމުރުން މިހާރު މިވަނީ 80 އަހަރުވެފައެވެ. އަހުރެން މިޙީއްޞާކުރަނީ އަހުރެންގެ ތަޖުރިބާއިން އެންމެ ބޮޑު ގެއްލުންދޭ ވަގެވެ.
އެވަގަކީ އަނެކާއާއިމެދު ދެކެވޭ ޔޯލަ ވާހަކަތަކެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން ގެއްލިގެންދަނީ ވަކި އެއްޗެއް ނޫނެވެ. ޢަބުރާއި ޢިއްޒަތެވެ. އަދި އާމްދަނީ ލިބެން ހުންނަ ފުރުޞަތުތަކެވެ. އަދި ރަނގަޅު ބައިވެރިއަކު ލިބުމުގެވެސް ފުރުޞަތެވެ.
ޢާންމުކޮށް މިއުޅޭ ވަގުން ގިނައިން ވަގަށް ނަގާނީ ފައިސާ ނުވަތަ އަގުހުރި އެއްޗެކެވެ. އެއީ އަނބުރާ ހޯދިދާނެ އެއްޗެއްސެވެ. ނަމަވެސް ޔޯލަވާހަކަތަކުގެ ސަބަބުން ލިބޭ މިބުނި ފަދަ ގެއްލުންތައް އަނބުރައެއް ނުލިބޭނެއެވެ. ލިބުނަސް ލިބޭނީ މާބުރަ މާސައްކަތުންނެވެ.
ދެން ނިކަން ބުނެބަލާށެވެ! އެންމެ ބޮޑު ވަގަކީ ކޮބައިހެއްޔެވެ؟ ޔޯލަ ވާހަތައް ފަތުރައި ގެއްލުންދޭ މީހުންނަށް ބޮޑު އަދަބު ނުދޭންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެން އެދެނީ އަހުރެންގެ މިވާހަކަކޮޅަށް ކޮމެންޓްކޮށްލައިދިނުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން