ކައިވެނީގަ ސާޅީސް އަހަރު ވީއިރުވެސް ފިރިމީހާއާ އެއްވެސް ޒުވާބެއް ކުރަން ނުޖެހުނު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކައިވެނީގަ ސާޅީސް އަހަރު ވީއިރުވެސް ފިރިމީހާއާ އެއްވެސް ޒުވާބެއް ކުރަން ނުޖެހުނު ސަބަބު-

ކޮންމެ މީހަކީ އެއް މިޒާޖެއްގެ މީހެއް ނޫނެވެ. ވީމާ އެންމެން ކަންކަން ކުރާނީ އެއްގޮތަކަށް ނޫނެވެ. އެހެންވީމާ އެންމެންނަށް ކަންކަން ދިމާވާނީ އެއްގޮތަކަށް ކަމަކަށް ނުބުނަމެވެ. އެކަމަކު އަހުރެން ޙިއްޞާ މިކުރަނީ އަހުރެންނަށް ކުރެވުނު ތަޖުރިބާއެވެ.  

ފިރިމީހާގެ ކިބައިން ކޮންމެ ކަމެއް ފެނުނަސް އަދި ކޮންމެ ކަމެއް މެދުވެރިވިޔަސް އެއްވެސް ޝަކުވާއެއް ދުވަހަކުވެސް ނުކުރަމެވެ. ރަނގަޅު ފުރުޞަތު ހޯދައިގެން މަސައްކަތްކުރީ ވަރަށް ރީތިގޮތުގައި ވާހަކަދެއްކުމަށެވެ. ބުނަމުން އައީ އެކަން އެގޮތަށް ކުރީމާ ވަރަށް ދެރަވާ ކަމަށެވެ. ދުވަހަކުވެސް ވަކިކަމެއް ނުކުރާކަށްވެސް ނުބުނަމެވެ. ބުނަނީ އެކަން އެގޮތަސް ކުރީމާ ވަރަށް އަސަރުކުރާ ކަމަށެވެ.  

އެކަމުން ކުރެވުނު ތަޖުރިބާއަކީ ދުވަހަކުވެސް ޒުވާބުކުރަން ނުޖެހުމެވެ. ކައިވެންޏަށް 40 އަހަރުވީއެވެ. ދުވަހަކުވެސް ދެބަސްވެ ޒުވާބުކުރާކަށް ނުޖެހެއެވެ. އަހުރެންގެ މިތަޖުރިބާ ޙިއްޞާ މިކުރީ އެހެން މީހުންނަށްވެސް ފައިދާކުރާނެ ކަމަށެވެ.  

މިއީ ޢުކުރުން 63 އަހަރުގެ އަންހެނަކު ބުނެފައިވާ ވާހަކައެކެވެ. ކިޔުންތެރިންނަށް ފައިދާކުރާނެ ކަމުގެ އުންމީދުގަ ޙިއްޞާކޮށްލީއެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން