ޖުނުބުވެރިވިޔަސް ނަމާދުކުރުން ފަދަ އަޅުކަމެއް ކުރަން ނުޖެހޭ ވަޤުތެއްގައި ހިނައި ނުގަނެ މަޑުކުރެވިދާނެއެވެ. ފާހަގަ މިކުރަނީ ޖުނުބުވެރިވުމުން ހިނައި ނުގަނެ، އަދި ވުޟޫނުކޮށް ހުރުމުން ލިބެން އޮތް ދެރައެވެ.
(قَالَ ثَلَاثَةٌ لَا تَقْرَبُهُمْ الْمَلَائِكَةُ جِيفَةُ الْكَافِرِ وَالْمُتَضَمِّخُ بِالْخَلُوقِ وَالْجُنُبُ إِلَّا أَنْ يَتَوَضَّأَ))
މާނައީ: ” މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ. އެއީ މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި ޚަލޫޤު (އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ."
މިޙަދީޘްފުޅުން އެނގޭ ގޮތުގައި މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ.
އެއީ "(1) މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި (2) ޚަލޫޤު (އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި (3) ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ."
މިޙަދީޘްފުޅުގައި 3 ވަނައަށް ބަޔާންކުރައްވާފައިއެވާ ޖުނުބުވެރިވެއްޖެނަމަ ހިނައިގަނެވެން ނެތް ޙާލަތުގައި ވުޟޫކޮށްގެން ހުރުމަކީ ނުވަތަ ނިދުމަކީ މިހާރަކަށް އައިސް ގިނަބައަކު ސަމާލުކަންދޭ ކަމަކަށްނުވާތީ ކަމުގެ މުހިންމުކަން ބަޔާންކޮށްދިނުމުގެ ގޮތުން ޙަދީޘްފުޅު ފާހަގަކޮށްލީއެވެ.