ޢާއިޝަތު ރަފާޙް ޢަލީ
ޣާފިލުވުމަކީ އީމާންކަމުގެ ބަލިކަށިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ޣާފިލުވުމުން މާތް ﷲ އަށް އަޅުކަން ކުރުން ދޫކޮށް، ދުނިޔެވީ އެކި ކަންކަމުގައި އިންސާނުންނަށް މަޝްޢޫލުވެގެން އުޅެވެއެވެ.
އެހެންކަމުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ޣާފިލުވުމުގެ ސަބަބުން އިހްމާލުވެވޭ އެންމެ ބޮޑެތި ކަންކަމަށެވެ.
ނަމާދަށް ފަރުވާތެރިނުވެ ނަމާދު އަޅާފައި އުޅުން: ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ދެވަނަ ރުކުނެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.
(بُنِيَ الإسْلَامُ علَى خَمْسٍ: شَهَادَةِ أنْ لا إلَهَ إلَّا اللَّهُ وأنَّ مُحَمَّدًا رَسولُ اللَّهِ، وإقَامِ الصَّلَاةِ، وإيتَاءِ الزَّكَاةِ، والحَجِّ، وصَوْمِ رَمَضَانَ).
އިސްލާމްދީނުގެ ރުކުންތައް ބެހެނީ 5 ބަޔަކަށެވެ. އެއީ ޝަހާދަތުގެ ދެކަލިމަ އާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ޙައްޖު ކުރުމާއި، ރަމަޟާން މަހު ރޯދަ ހިފުމެވެ.
ފާފަކުރުން: ގިނަގިނައިން ފާފަކުރުމުގެ ސަބަބުން ޙައްޤުގެ މަގުން ދުރުވެ، ޙައްޤުގެ މަގަށް އިޖާބަ ދިނުމަށް އުނދަގޫވެގެނެދެއެވެ. އަދި ތައުބާވުމެއް ނެތި ފާފައަށްފަހު ފާފަ ކުރުމަކީ ޙައްޤުގެ މަގުން ދުރަށް ގެންދާ ކަމެކެވެ.
ހަވާ ނަފްސަށް ތަބާވުން: ނަރަކައިގެ ބިރުވެރި ވާހަކަތައް އިންޒާރު ދެއްވާ، ސުވަރުގޭގެ އުފާވެރި ވާހަކަތަކުގެ އާޔަތްތައް އަޑުއެހުމެއްނެތި، ޝަހުވަތްތަކާއި އަމިއްލަ އެދުންތަކަށް އެނބުރި ގޮސް އެމީހުންގެ އެދުންތަކަށް ތަބާވެ އެމީހުންގެ އެދުންތައް ދުނިޔޭގައި ގިނަ މީހުން ކުރިއަށް ދަނީއެވެ.
ނުބައި އެކުވެރިން ގެންގުޅުން: ރަސޫލާއާއި އެކަލޭގެފާނުގެ އަޞްހާބުންނަށް ތަބާވެ، ނުބައި ރަޙްމަތްތެރިއެއްގެ ގޮތުގައި ނުގެންގުޅެ، އެމީހުންނާއެކު ކޮންމެ ތަނަކަށް ހިނގައިގަތުމަށް، ޤިޔާމަތް ދުވަހުން ކިތައް މީހުން އެދޭނެހެއްޔެވެ. ﷲ ތަޢާލާ ފުރްޤާން ސޫރަތުގެ 27 ވަނަ އާޔަތުން 29 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.
وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا ﴿٢٧﴾ يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا ﴿٢٨﴾ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ﴿٢٩﴾
މާނައީ: "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسول އާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ (27) އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! (28) ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ. (29)"