ކައިވެންޏަށްފަހުވެސް ކުރީގެ ލޯބިވެރިޔާއާ ގުޅުން ބޭއްވޭ މީހުންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެންޏަށްފަހުވެސް ކުރީގެ ލޯބިވެރިޔާއާ ގުޅުން ބޭއްވޭ މީހުންނަށް ފިލާވަޅެއް!

ކައިވެނިކުރި ޒުވާން ދެމަފިރިއެކެވެ. މަހެއްހައި ދުވަސްވީތަނާ އަނބިމީހާއަށް ފެންނަނީ ފިރިމީހާގެ ފޯނަށް އައި މެސެޖެކެވެ.

"ނުފެންނާތީ ކަންބޮޑުވޭ" . އެވާހަކަ ފިރިމީހާ ގާތުގައި ބުނުމުން ބުނީ ކުރީގެ ލޯބިވެރިޔާއާއި ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެއްވެސް އިތުރު ގުޅުމެއް ނެތް ކަމަށެވެ.

އަނބިމީހާ ސުވާލުކުރީ ހަމައެކަނި ވާހަކަދައްކާނަމަ ނުފެނިގެން ކަންބޮޑުވަނީ ކީއްވެގެންތޯއެވެ؟ ފިރިމީހާގެ ޖަވާބަކަށްވީ އޭނާ ފޮނުވާ މެސެޖަކާއިހުރެ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.  

އަނބިމީހާ ސުވާލުކުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެފަދަ މެސެޖެއްކުރިކަން އެނގިއްޖެނަމަ ފިރިމީހާ ކަންކަން ކުރާނެ ގޮތަކާއިމެދުގައެވެ. ފިރިމީހާއަށް ޖެހުނީ އެހިސާބުން ޖަވާބުދިނުން ހުއްޓައިލާށެވެ. އެއީ ދޭންޖެހޭނެ ޖަވާބު ދީފިނަމަ އޭނާގެ ހަތަރެސްފައި ތަޅުލެވޭނެތީއެވެ.  

އަނބިމީހާ ބުންޏެވެ. "މެސެޖުކޮށް ހަދާނަމަ އެނގެނީ ގުޅުން ނުކެނޑޭކަމެވެ. ކައިވެންޏަށް އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ދަރިއަކުވެސް ނުލިބެއެވެ. ވީމާ ދިރިއުޅުމާއިމެދު އަވަހަށް ގޮތެއް ނިންމާށެވެ. އަހުރެން މިހުރީ ތިއަ ގުޅުން އޮންނަން ރުހޭކަށް ނޫނެވެ. ތިބާ ތިއަކަން ކުރާތީ އަހުރެންވެސް އެކަންކޮށް ފާފަވެރިވާކަށް ބޭނުމެއް ނޫނެވެ."  

އަހުރެންގެ ނަޞީޙަތަކީ ކައިވެނިކުރުމަށްފަހު މާޒީ، މާޒީގެ ގޮތުގައި ދޫކޮށްލާށެވެ. މާޒީ އައިސް ތިބާގެ ހިތުގައި ޓަކިޖަހާނަމަ ޒަވާޖީ ޙަޔާތުން ލިބެންޖެހޭ އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް ޖެހޭނީ މައްސަލަތައް ޖެހިގެން މޫނު އަނބުރައިގެން ތިބޭށެވެ. އެންމެ ފަހުގެ ނަތީޖާއަކަށްވާނީ ކައިވެނި ރޫޅުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން