ތިމާއަކީ ކާމިޔާބު މީހަކަށްވާން ވީހާ ގިނަ މީހުންނާ ގުޅުން ބޭއްވުމުން ވާގޮތް ވިސްނޭތަ؟ ނުވިސްނޭނަމަ ދަސްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާއަކީ ކާމިޔާބު މީހަކަށްވާން ވީހާ ގިނަ މީހުންނާ ގުޅުން ބޭއްވުމުން ވާގޮތް ވިސްނޭތަ؟ ނުވިސްނޭނަމަ ދަސްކުރޭ!

ބައެއް ފިރިހެނުންނަށާއި ބައެއް އަންހެނުންނަށްވެސް ވިސްނިފައި އޮންނަނީ ވީހާ ނުވަތަ އެންމެގިނަ މީހުންނާއިއެކު ގުޅުން ބޭއްވޭނަމަ ތިމާއަކީ އެންމެ މަތީ ނުވަތަ އެންމެ ކާމިޔާބު މީހާކަމަށެވެ.

މިގޮތަށް ވިސްނޭ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އެވިސްނެނީ ރަނގަޅަކަށް ނޫނެވެ. ވަރަށް ގޯސްކޮށެވެ. ތިމާއަކީ ކާމިޔާބު މީހެއްކަން އަންގައިދޭނީ ގުޅުން އަންނަ އަންހެނުންގެ ނުވަތަ ފިރިހެނުންގެ ޢަދަދަކުން ނޫނެވެ. 

އެކަން އަންގައިދޭނީ އެމީހަކާއި ގުޅުން އޮންނަ މީހާގެ ދަރަޖައިންނެވެ. އޭނާގެ އަޚަލާޤުންނެވެ. ތަޤްވާވެރިކަމުންނެވެ. ވީމާ ފިރިހެނަކާއި ގުޅުން އޮތީ އެންމެ އަންހެނަކު ނަމަވެސް އަދި އަންހެނަކާއި ގުޅުން އޮތީ އެންމެ ފިރިހެނަކު ނަމަވެސް އެއީ ތަްްވާވެރި، އަޚްލާޤް ރަނގަޅު، މީސްތަކުން ބަލައިގަންނަ މީހަކު ކަމުގައިވާނަމަ އެމީހަކު ވާނީ ކާމިޔާބު މީހަކަށެވެ.  

މިކަން ސިފަކޮށްދެމުން ޢިލްމުވެރިއަކު ވިދާޅުވެފައެވެ. "ކުނިހޮވައި އެއްކުރުމަކީ އެއްވެސް މީހަކަށް ކުރަން އުނދަގޫކަމެއް ނޫނެވެ. ބޭނުންނަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮޑު ކުނިފުންޏެއް އެއްކުރެވިދާނެއެވެ. އެކަމަކު އެކުނިފުނި ބޮޑުވުމުން އޭނާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްކުރުމަށްފަހު އުޅެންޖެހެނީ އެކުނިތަކުން ސަލާމަތް ނުވެވިގެން ނޫންހެއްޔެވެ؟" 

މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކައިވެނީގެ ކުރިންވެސް ވީހާ ގިނަ ބައަކާ ގުޅުން ބާއްވަން މަސައްކަތް ނުކުރާށެވެ! ކައިވެނިކުރުމަށްފަހު ހަމައެކަނި ބައިވެރިޔާގެ މީހަކަށްވާށެވެ! ކާމިޔާބު މީހުންނަކީ އެއީއެވެ. ކުނިއެއްކުރާމީހުންނެއް ނޫނެވެ!

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން