ލޯތްބަށްޓަކާ ތިމާގެ އަމިއްލަ މުސްތަޤްބަލު ކަތިލި ގިނަ އަންހެނުންނަށް ކަރުނައަޅަން ނުޖެހި ސަލާމަތެއް ނުވެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ލޯތްބަށްޓަކާ ތިމާގެ އަމިއްލަ މުސްތަޤްބަލު ކަތިލި ގިނަ އަންހެނުންނަށް ކަރުނައަޅަން ނުޖެހި ސަލާމަތެއް ނުވެވޭ!

މިޒަމާނުގައި އަމިއްލަ މުސްތަޤްބަލް ކަތިލުން ކަމަށްވެގެންދާ ކަމަކީ މިޔެވުން ހުއްޓައިލުމެވެ. މަސައްކަތެއް ދަސްނުކުރުމެވެ.

އެކަމަށް ނުވިސްނައި ގިނަ ބައަކު ކިޔެވުން ހުއްޓާލައި ކައިވެނިކުރެއެވެ. ލޯބިވާލެއް ބޮޑުކަމުން ފިރިމީހާގެ ތިމާގެ ހުރިހާ ކަންކަން ބަލަހައްޓާނެ ކަމުގެ ޔަޤީންކަމުގައެވެ. ލޯބިވެގެން ހުރެ އޭނާދޭ ޔަޤިންކަމަށް ޔަޤިންކޮށްގެންނެވެ. 

އެކަމަކު ގިނަ ފަހަރު އެ ޔަޤީންކަން ވެގެންދަނީ އަމިއްލަ ބޭނުން ފުއްދާލަން ބޭނުންކުރާ ހަތިޔާރަކަށެވެ. ދުވަސްކޮޅަކަށްފަހު ވަރިކޮށް އެކަނިވެރިކޮށްލައެވެ. އެހިސާބުން އޮންނަނީ ކިތެވުމުގެ ފުރުޞަތު ގެއްލިފައެވެ. ޢުމުރުން ދުވަސްވީތީއެވެ. އަދި ގިނަ ފަހަރު ދަރިންނާއިއެކު އެކަނިވެރިވާންޖެހޭތީއެވެ.

ވީމާ އަހުރެން ތަކުރާރުކޮށް ބުނަމެވެ. ލިތަންމެ ލޯބިވިޔަސް ކިޔެވުން ނިންނާށެވެ. ކުރާނެ މަސައްކަތެއް ދަސްކުރާށެވެ. އެކަންކަން ފުރިހަމަ ނުވަނީސް ކައިވެނިކުރަން އެދޭނަމަ އެއީ ތިބާދެކެ ލޯބިވާ މީހެއް ނޫނެވެ. އޭނާ އެއުޅެނީ އަމިއްލަ އެދުމަކާއިގެންނެވެ.  

ދަށްފެންވަރުގެ ވަޒީފާއަދާ ކުރަންޖެހޭ އަންހެނުން ގިނަވަނީ މިކަމަށް ސަމާލުކަން ނުދޭތީއެވެ. ވަކި ޤައުމެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް ބެލިނަމަވެސް މިބުނި ކަންތައް މިގޮތަށް ފެންނާނެއެވެ.  

ދެން އޮތީ މަތީ ތަޢުލީމަށް ކިޔަވަމުން ކައިވެނިކުރުމެވެ. އެއިރުވެސް ކިޔަވައި ނުނިމެނީސް ދަރިން ނުހޯދާށެވެ. މަތީ ތަޢުލީމަށް ކިޔަވަމުން ކައިވެނިކުރާ ގިނަ އަންހެނުންނަށް ތަޢުލީމް ފުރިހަމަ ނުކުރެވޭ ސަބަބަކީ ދަރިން ލިބުމެވެ. ދަރިން ލިބުމުން ހުރިހާ ސަމާލުކަމެއް ދަރިންނަށް ދޭންޖެހޭތީއެވެ.  

އަހުރެންގެ މިބްސްކޮޅާއިމެދު ލޮބުވެތިކަނބަލުން ރަނގަޅަށް ވިސްނައިލާށެވެ. ރަނގަޅަށް ވިސްނައިފިނަމަ މިއީ ބުރަދަން ހުރި ބަސްކޮޅެއްކަން ވިސްނޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން