މާފުކުރުމަށްވުރެ ސިކުނޑިއަށް ފައިދާހުރިގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މާފުކުރުމަށްވުރެ ސިކުނޑިއަށް ފައިދާހުރިގޮތެއް ނެތް!

މާފްކުރުމުގެ ވާހަކަ ދެއްކީމާ ގިނަބައަކު ފާހަގަކުރަނީ އެމީހުންނަށް އަނެކާދިން ބޮޑު ދެރައެވެ. ކިތަންމެ ބޮޑު ދެރައެއް ދިން ނަމަވެސް މާފުކުރާށެވެ! އެމީހަކާއި ދުރުހެލިވުމަކީ ތަފާތުކަމެކެވެ. ބޮޑު ގެއްލުމެއް ދިން މީހަކާއި ދުރުހެލިވުމަކީ މައްސަލައެއް ނޫނެވެ.  

މިބަޔާންކުރ އާޔަތަށް ވިސްނާށެވެ. އަދި ޢިލްމްވެރިޔާގެ ބަސްފުޅުން ޢިބްރަތް ލިބިގަންނާށެވެ! އެނގެން މިއޮތީ ޢަދާވާތްތެރިވުމަށްވުރެ ހުރިހާ ގޮތަކުން ފައިދާބޮޑީ މާފުކުރުމުންކަމެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް އެމީހަކަށް ދޫކޮށްލާށެވެ! މާފުކުރުމުގައި ދީލަތިވާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއާއިމެދު ދީލަތިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ   

އާޚިރަތަށް އެދިގެން އާޚިރަތާ ހެދި އުޅޭ މީހުންނަށް އެހެން މީހަކަށް ޢަދާވާތްތެރިވާކަށް ވަޤުތެއް ނޯންނާނެއެވެ. އަދި ޢަދާވާތްތެރިވުމަކީ އެކަމަށްޓަކައި ނުހަނު ގިނަ އުނދަގޫތައް ތަޙައްމަލުކުރަންޖެހޭ، ނުހަނު ބޮޑު ނުތަނަވަސްކަން ހިތަށް ވެރިކުރުވާ ކަމެކެވެ. ގިނަގުނަ ވަޤުތުތަކެއް ބޭކާރުވެގެންދާ ކަމެކެވެ.

ﷲ ތަޢާލާގެ ވަޙީ: 

وَإِنَّ السَّاعَةَ لَآتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيلَ ‎﴿الحجر: ٨٥﴾‏

"ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ." 

ދެން ވިސްނައިލާށެވެ!  

"ޢަދާވާތްތެރިންނާއި ހަސަދަވެރިންނާއި ކޮންމެ ދުވަހަކުހެން ބައްދަލުވާނެއެވެ. އެއެންމެންގެ ކަންކަން ސިކުނޑީގައި ބަހައްޓައިގެން އުޅޭ މީހާ އޭނާއާއިއކު އެ އުފުލަނީ ބަރު ލަގެޖެކެވެ. އެލަގެޖް އުފުލުމުން ތިމާއަށް އަބަދުވެސް ލިބޭނީ އިތުރު ބުރަކަމެވެ.  

އެމީހުންނަށް އަވަހަށް މާފުކޮށްލާށެވެ! ސިކުނޑިން އެކަން ފިލުވައިލާށެވެ. އެލަގެޖުން ސަލާމަތްވެވޭނެ އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ. ޢަދާވާތްތެރިން ތިބޭނެ ކަމާއި އެއީ ކޮންބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެމީހުންކުރާ ކަންކަމާއި ކުރާނެކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުން ކުރާނެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ!

- މުފްތީ މެންކް

 

 

މިއަދު އޮންލައިން