ޙަދީޘުން އެނގެން އޮތް ގޮތުގައި އެންމެ މަތތިވެރިކަން ބޮޑު ޞަދަޤާތަކީ އެމީހަކު އެއްޗަކަށް ބޭނުންވެގެން ހުރެމެ ދަތިޙާލުގައިވާ މީހަކަށް އެއްޗެއް ދިނުމަށް ކުރާ ޞަދަޤާތެވެ. މިފަދައިން ޞަދަޤާތް ކުރެވޭނީ ﷲ ތަޢާލާގެ ރަޙްމަތަށް ވަރަށް ބޮޑަށް އެދޭ އަދި ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރާ މީހުންނަށެވެ.
މިޘާލަކަށް ތިބާގެ އަތުގައި އޮތީ 100 ރިޔާލައެވެ. އެއިން ކުރަން ހުރި ބޭނުންތައް ގިނަކަމުން ތިމާއަށް ބޭނުންވެގެންހުރި އަސާސީ ކަންކަންވެސް ފުއްދައިލެވޭވަރެއް ނޫނެވެ. ގެއަށް ބޭނުންވާ ކާނެއެތިކޮޅުވެސް ގަނެލެވޭވަރެއް ނުވެއެވެ.
އެޙާލަތުގައިވެސް ޞަޙާބީން އެ 100 ރިޔާލަ އެކުގައި ޞަދަޤާތްކުރެއްވެވިއެވެ. އެފެންވަރަށް ދާކަށް ބުނާކަށް ނެތީމެވެ. ދަތިޙާލުގައި ހުރި މީހާއަށް އެއިގެ ތެރެއިން 20 ރިޔާލަ ނުވަތަ އެއަށްވުރެ މަދު މިންވަރެއް ނަމަވެސް ހަދިޔާކުރާށެވެ!
ޔަޤީންކަމާއިއެކު ބުނަމެވެ. ﷲ ތަޢާލާ ދެއްވަވާ ބަދަލު ވަޤުތުން ނުފެނިދާނެއެވެ. ނަމަވެސް ދާދިއަވަހަށް ބޮޑު ބަދަލެއް ފެންނާނެއެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ދަތިޙާލުގައި ހުންނަންޖެހުނަސް މުއްބާރުނުކުރާށެވެ. މުށް ހުޅުވާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއަށް ރިޒުޤް އޮއްސަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން