މާބަނޑު އަންހެނަކު ވަރިކޮށް ނިކަމެތިކޮށްލުމަކީ އެންމެ ރަޙުމްކުޑަ، ބޮޑެތި އަނިޔާވެރިން ކުރާ ކަމެއް! އެއްވެސް މިންވަރަކަށް ﷲ އަށް ބިރުވެތިވާ، މީހަކު އެކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
މާބަނޑު އަންހެނަކު ވަރިކޮށް ނިކަމެތިކޮށްލުމަކީ އެންމެ ރަޙުމްކުޑަ، ބޮޑެތި އަނިޔާވެރިން ކުރާ ކަމެއް! އެއްވެސް މިންވަރަކަށް ﷲ އަށް ބިރުވެތިވާ، މީހަކު އެކަމެއް ނުކުރާނެ!

ބައލިވެއިން އަންހެނާ، ނުވިހަނީސް ވަރިކުރެވޭނެތޯ؟

އެކަމުގެ ޙުކުމަކީ ކޮބައިތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ޤަބޫލުކުރެވޭ ގޮތުން އެއީ އެބޮޑު ނިކަމެތިކަން ބައަކަށް ލިބެމުންދާތީއެވެ.   

ބަލިވެ އިންދާ އަނބިން ވަރިކުރުމަކީ ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. އެއް ސަބަބަކީ އޭނާ ވިހައިގަދަވަންދެން އެހެންމީހަކާއި ކައިވެނި ނުކުރެވި ފިރިމީހާގެ ޢިއްދައިގައި އިންނަން ޖެހޭނެތީ އެވެ. އަދި ވަރިކުރުމަށްފަހު އަނބިމީހާއަށްވެސް އަދި ދަރިފުޅަށްވެސް އެއްވެސް ޚަރަދެއް ކުރާނެ ހާލަކުން މީހަކު ނޫނީ މާބަނޑު ޙާލުގައި ވަރިއެއް ނުކުރާނެއެވެ. އެހެންކަމުން އެކަން ވާނީ މީހަކަސް ދެވޭނެ އެންމެ ބޮޑު އަނިޔާޢަށެވެ. އަހުރެން އެކަން ސިފަކުރާނީ ހަތަރެސްފައި ބަނދެފައި ގެންގޮސް އަލިފާނުން ހޫނުވާތަނެއްގައި ބެއިންދުން ފަދަ ކަމެއްގެ ގޮތުގައެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ޢާންމުކޮށް ޢިއްދައަކީ 3 ޙައިޟެވެ. ބަލަނީ އެއީ 3 މަސް ކަމުގައެވެ. ބަލިވެ އިނުމުގެ ކުރީކޮޅު ވަރިކޮށްފިނަމަ އެއަންހެނަކަށް އެހެން ފިރިހެނަކާއި ގުޅި އެހީތެރިކަން ހޯދޭނީ ވިހައި ގަދަވުމުން ކަމަށްވުމުން އެތައް މަސްތަކެއްވެސް އެކަނި ހޭދަކުރަންޖެހިދާނެއެވެ. 

ބަލިވެ އިންދާވެސް ވަރިކުރެވިދާނެއެވެ. ވަރިކޮށްފިނަމަ ވަރި ޞައްޙަވެސް ވާނެއެވެ. ނަމަވެސް އިސްލާމް ދީން ބާރުއަޅަނީ ބަލިވެ އިންދާވެސް އަދި ހައިޟުގެ ދުވަސްވަރުގައިވެސް ވަރި ނުކުރުމަށެވެ. އެހެނީ އަންހެނަކަށް ފިރިމީހާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ ބަލިވެއިންނަ ދުވަސްތަކުގައިކަމަށްވާތީއެވެ. ވީމާ ބަލިވެ އިންދާ ވަރިކުރުމަކީ އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ގޮތުންވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.  

އަނބިމީހާ ކުށެއް ކޮށްގެން ވަރިކުރަން ބޭނުންވި ނަމަވެސް ރަނގަޅު ގޮތަކީ ވިހާ ގަދަވަންދެން ކެތްތެރިވެލުމެވެ. އެމުއްދަތުގައި އޭނާއަށް އެހީތެރިވުމެވެ. އެއީ ބަނޑުގައި އޮތް ތިބާގެ ދަރިފުޅަށްޓަކައިވެސް ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއްކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

ހިތާމައަކީ ހިތްހަމަނުޖެހޭ ކަންކަން ދިމާވުމުން މިކަންކަމަށް ބަލާނުލައި ބަލިވެއިންދާވެސް ވަރިކޮށްލެވޭކަމެވެ. މިއީ ހަމަ ކޮންމެ ފިރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.  

...... All these things would naturally discourage him from divorce. But if he still divorces her, then it means that they have serious differences. It is reported in a hadith that Ibn `Umar (may Allah be pleased with him) divorced his wife during her menses. When the Prophet (peace and blessings be upon him) knew about it, he told him to cancel his divorce. The Prophet said, “After her menses are over, he may divorce her when she is “clean” (tahir) or “pregnant” (hamil).” (Muslim)

 

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް/ ޝައިޚް ޢިއްޒުއްދީން ޢަދްނާން

 

 

މިއަދު އޮންލައިން