ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެ ޛިކުރު- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެ ޛިކުރު- ޙަދީޘުން

އަޅުކަމުގެ ފައިދާކުރާނީ އެކަން އެންމެ ފުރިހަމަ ގޮތުގައިކުރުމުންނެވެ. ވީމާ ކޮންމެ ކަމެއްވެސް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔާފަދައިން އެކަމެއް ނިމުމުން ކުރިއަޅުކަން ޤަބޫލުކުރެއްވެވުން އެދި ދުޢާވެސް ކުރަންވާނެއެވެ.  

އަދި ތިބާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވެވުން އެދި މިޛިކުރްވެސް ކުރާށެވެ.  

اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً ‏ 

"ﷲގެ މާތްކަމާއި، ކުޅަދުންވަންތަކަމާއި، ގަދަކީރިތިވަންތަކަން ބޮޑެވެ. އެއީ އެންމެ ބޮޑު އެންމެ މަތިވެރި ފަރާތެވެ. ﷲ ގެ ކިބައަށް ޙަމްދުހުއްޓެވެ. ގިނަގިނައިން. އެންމެހައި އުނިގޮތްތަކުން އެކަލާނގެ އެއްކިބާވެވޮޑިގެންވާކަން ޤަބޫލުކޮށް އެކަލާނގެއަށް ތަސްބީޙް ކިޔަމެވެ. ހެނދުނާއި ހަވީރު."  

ޞަޙާބީއަކު މިފަދައިން ޛިކުރުކުރެއްވެވި އަޑު އިވިވަޑައިގަތުމުން އެހެން ވިދާޅުވީ ކޮން ޞަޙާބީއެއްކަން އޮޅުން ފިލުއްވެވުމަށްފަހު ރަސޫލް ޙަދީޘްފުޅު ﷺ ކުރެއްވެވިބަސްފުޅުގެ މާނައިގައި ވެއެވެ. "އެޛިކްރް ވިދާޅުވުމުން އެޛިކްރަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެން ދިއައެވެ."  

އަހަރެމެން ނަމާދަށް ފަށަމުން ވެސް މިޛިކުރް ކިޔަމެވެ. ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ވީމާ މިޛިކުރު ކިޔާއިރު ޛިކުރުގެ މަތިވެރިކަން ހިތްމައްޗަށް ގެނެސް ޚުޝޫޢަތްތެރިވާން މަސައްކަތްކުރާށެވެ.  

އިމާމް ނަސާއީ ވަނީ ޤުރްއާން ކިޔަވަން ފަށަމުންވެސް މިފަދައިން ޛިކުރުކުރުމަށް ވިދާޅުވެފައެވެ.  

Abdullaah Ibn Umar رضي اللّه عنهم said: “We were with the Messenger of Allaah صلي الله عليه وسلم when a man among the people said : اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً ‏ .‏ " Allaah is most exceedingly great, and praise is due to Allaah, abundantly, and glory to Allaah morning and night " So the Messenger of Allaah صلي الله عليه وسلم said: ‘Who is the one who said such and such?’ So a man among the people said: ‘Me, O Messenger of Allaah.’ He said: ‘I was amazed at it. The gates of heaven opened up for it.’” Ibn Umar said: “I have not abandoned them since I heard [them] from the Messenger of Allaah صلي الله عليه وسلم.” Takhreej: { Imam Muslim in his Saheeh}

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން